ads
ޗެރިޓީ މެޗު މާޒިޔާއަށް (ފޮޓޯ އިޔާން / އަދަދު)
ފުޓްބޯޅަ ސީޒަން ފެށުން ޖޫން މެދުތެރޭ
ޖޫން މަހު މެދު ތެރޭ، ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފިއެވެ.

އެފްއޭއެމުން ރާވާފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ ޖޫން މަހު 15 ވަނަ ދުވަހު ފަށާށެވެ. ސީޒަން ފަށާނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެފްއޭއެމްއިން އެންމެ ފުރަތަމަ އެކުލަވާލި ޑްރާފްޓް ކަލަންޑަރުގައި، ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗު ތާވަލުކުރީ މެއި މަހުގެ 10 ވަނަ ދުވަހަށެވެ. އެކަމަކު ކުލަބުތަކާއެކު މަޝްވަރާކުރުމަށްފަހު، ފުޓްބޯޅަ ސީޒަން ފެށުން ވަނީ ފަސްކޮށްފައެވެ. މިހާރު އޮތް ގޮތުން ޗެރިޓީ ޝީލްޑް ކުޅޭނީ ޖޫން 15 ގައެވެ.

ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗަށްފަހު މި ފަހަރުވެސް އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕްރެޒިޑެންޓްސް ކަޕެވެ. ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހެވެ. ޕްރިމިއަރ ލީގުގެ ތެރެއިން އެފްއޭ ކަޕުގެ ކުޅުން ކުރިއަށްދާއިރު، އެ މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އަންނަ މަހުގެ 20 ވަނަ ދުވަހު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް