އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކޮށް ފިރިހެން ޓީމުން ރިހި މެޑަލް ހޯދިއިރު، މި ބައިން ރަން މެޑަލް ހޯދީ ދުނިޔޭގެ ޗެމްޕިއަން އިންޑިއާއެވެ. އިންޑިއާއިން ވަނީ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ.
ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑަލް ހޯދިއިރު، އަންހެން ޓީމުން ވަނީ މި ބައިގެ ސެމީގައި ވާދަކޮށްފައެވެ. ސެމީ ފައިނަލަށް ދަތުރުކުރުމުގެ ކުރިން އަންހެން ޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ ބަލިކޮށްފައެވެ. އެކަމަކު ވަރުގަދަ އިންޑިއާ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ.