ads
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވަނީ
ނުރަސްމީ ދަތުރެއްގައި ރައީސްގެ ދެކަނބަލުން އަނެއްކާވެސް ސިންގަޕޫރަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެެއްގައި ރައީސް ދެކަނބަލުން ފުރާވަޑައިގަންކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް އިތުރު ތަފުސީލެއް އެ އޮފީހަކުން ނުދެއެވެ. 

މީ ވެރިކަމަށް ހޮވިވަޑައިގަންފަހުން ރައީސް ދެ ކަނބަލުން ސިންގަޕޫރަށް ކުރައްވާ ނުރަސްމީ 3 ވަނަ ދަތުރެވެ. މީގެ ތެރެއިން ދެ ދަތުރު ކުރައްވާފައި މިވަނީ ރައީސްކަމުގައި ހުވާކުރެއްވުމަށްފަހުއެވެ.  

މިދިޔަ މާރިޗު މަހުވެސް ރައީސް ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތެވެ. އެ ދަތުރު ކުރައްވާފައިވަނީ މާރިޗު 21 އިން 23 އަށެވެ. 

އޭގެ ކުރިން އިންތިހާބީ ރައީސްގެ ގޮތުގައި ހުންނެވިއިރުވެސް ޑރ. މުއިއްޒުގެ ދެ ކަނބަލުން ސިންގަފޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ނޮވެމްބަރުގައި ކުރެއްވި އެ ދަތުރުފުޅުގައި ސިންގަޕޫރްގައި ހަފްތާއެއްހާ ދުވަސް ހޭދަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް