ads
މިދިޔަ ސަރުކާރުން ފެށި އާރުޓީއެލް ހިދުމަތުގައި ބޭނުންކުރާ ލޯންޗެއްގެ ފަޅުވެރިޔަކާއި ކުރީގެ ރައީސް ސާލިހް ވާހަކަ ދައްކަވަނީ
މަސައްކަތްތެރިންނަށް ރައްކާތެރިކަން ހޯދަން ކުރަންޖެހުނުކަމެއް ކުރާނަން: ސާލިހް
މަސައްކަތްތެރިންގެ ހައްގުތަކުގެ ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މޭޑޭގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް ސާލިހް ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީން އަދާކުރި މުހިއްމު ދައުރަށް ފަހުރުވެރިވެވަޑައިގަންނަވާކަމަށެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭން ކޮށްދެވުނު މަސައްކަތްތަކާއި މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަނޑައެޅިގެން ދިޔަދިޔުން ރައީސް ސާލިހް ފާހަގަކުރެއްވިއެވެ.

" މި މޭޑޭގައި، އަޅުގަނޑު ޔަޤީންކޮށް އަރުވަން، މަސައްކަތްތެރިން މަސައްކަތްތެރިންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމުގައި ދެމިތިބޭނެކަމާއި އެކަން އެގޮތުގައި އޮތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަން." ރައީސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

your imageމަސައްކަތް ތެރިންގެ ދުވަސް ފާހަގަކުރުމަށް 2006 ވަނަ އަހަރު އެމްޑީޕީން ބޭއްވި ހިނގާލުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު އަބްދުﷲ ޝަފީގު 


ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިނގާލުމެއް ބެއްވީ އިދިކޮޅު އެމްޑީޕީންނެވެ. 2006 ވަނަ އަހަރު ބޭއްވި މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. 

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މެއި މަހުގެ 1 ވަނަދުވަހަކީ ކޮންމެ އަހަރެއްގައިވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް