އިމިގްރޭޝަނުން ބުނީ ސްކޫލް ބަންދާ ގުޅިގެން ޕާސްޕޯޓް ހަދަން އެދޭ މީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މިއަދު ސަރުކާރު ބަންދު ނަމަވެސް އެ އިދާރާއިން ހިދުމަތް ދެމުން ގެންދާނެކަމަށެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށައަޅަން ޖެހޭނީ އިމުގާ ދިވެހި ޕާސްޕޯޓް ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އަދި ޕާސްޕޯޓް އެދި ކޮންމެ އިރަކުވެސް ހުށައެޅޭނެކަމަށް އިމްގްރޭޝަނުން ބުނެއެވެ.
ޕާސްޕޯޓް ހަވާލުކުރުމަށް ނަމްބަރު ދޫކުރުން
އެހެންނަމަވެސް މެންދުރު 12:00 އިން 12:45 ޕާސްޕޯޓް ހަވާލުކުރުމަށް ދޫކުރާ ނަމްބަރުދޫކުރުން މެދުކެނޑޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިދިޔަ އަހަރު ޕާސްޕޯޓަށް އެދި 66،528 ހުށައަޅާފަައިވެއެވެ. އޭގެތެެރެއިން 13،798 މީހުންނަކީ އަލަށް ޕާސްޕޯޓް ހައްދަން ހުށައެޅި މީހުންނެވެ.