ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކަލް ޝާހީ އާއިލާގެ ޒިންމާތަކާ އެކަހެރިވަޑައިގަތުމަށް ނިންމެވި ނިންމެވުމާއެކު އެމެރިކާގެ މަގުބޫލު ފާސްޓްފުޑް ޗެއިން ބާގަ ކިންގުން ހެރީއަށް ވަޒީފާއެއް ހުށަހަޅައިފި އެވެ.

Advertisement

ކެނެޑާ އާއި އިނގިރޭސިވިލާތަށް ދެ ކަނބަލުންގެ ދިރިއުޅުން ކުރިއަށް އޮތް ތަނުގައި ބިނާކުރައްވަން ނިންމަވައި، އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގަތުމަށް ހެރީގެ ދެކަނބަލުން ނިންމެވި ނިންމެވުމާއެކު ޕާޓް ޓައިމް ވަޒީފާއެއް ބާގާ ކިންގުން ހެރީއަށް ހުށަހެޅީ ޓްވިޓާ މެދުވެރިކޮށެވެ. އެ ޓްވީޓަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބިފަ އެވެ.
ހެރީގެ އެ ނިންމެވުމާއި ގުޅިގެން އާއިލާގެ ތެރޭގައި ނުތަނަވަސްކަމެއް އުފެދުން ނަމަވެސް ރާނީ، އެލިޒަބަތު އިސްކޮށް ހުންނަވާ، އެކަމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ތެރޭގައި ވަނީ ހެރީގެ ދެކަނބަލުންގެ ނިންމެވުމަށް ރުހުން ދެއްވާފަ އެވެ.
ޝާހީ އާއިލާގެ ޒިންމާތަކާ ހެރީގެ ދެކަނބަލުން އެކަހެރިވަޑައިގަތް ނަމަވެސް އެ އާއިލާ އަބަދުވެސް އޮންނާނީ ހެރީގެ ދެކަނބަލުންނާއެކު ކަމަށް ޝާހީ އާއިލާ އިން ނެރުނު ބަޔާނެއްގަ ބުނެ އެވެ.
ޕްރިންސް ހެރީ އާއި މޭގަން މާކަލް ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުގެ މެއި 19 ގަ އެވެ. އަދި ދެ ކަނބަލުންނަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދަރިކަލަކު ލިބިވަޑައިގެންފަ އެވެ.