ރޭ ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ. ރިއާލްގެ ދެ ލަނޑުވެސް ޖެހީ ވިނީޝިއުސް ޖޫނިއާއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރިއާލުންނެވެ. އެކަމަކު ރަނގަޅަށް ކުޅެމުން ދިޔަ ބަޔާނުން ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗު އަނބުރާލާފައިވަނިކޮށް، ވިނީޝިއުސް ޖޫނިއާ ލަނޑެއް ޖަހައި މެޗު އެއްވަރު ކުރީއެވެ.
ބަޔާނުން އެއްވަރުކުރީ ދެވަނަ ހާފުގެ ކުރީކޮޅު ލެރޯއި ސާނޭ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލުންނެވެ. ބަޔާނުން ލީޑުނެގީ ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ.
މި ދެ ޓީމުގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގައި ރިއާލްގެ ދަނޑުގައެވެ.