ads
ފައިސަލް
ކްރިކެޓްގެ އިސް މަގާމަށް ފައިސަލް
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ އޭޝިއާ ސަރަހައްދުގެ ނޮން ވޯޓިން ގައުމުތަކުގެ މަންދޫބު ކަމަށް، ރާއްޖޭގެ، ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް، އިތުރު ދެ އަހަރަށް އިންތިހާބު ކޮށްފިއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ފައިސަލް، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ އޭޝިއާ ސަރަހައްދުގެ ނޮން ވޯޓިން ގައުމުތަކުގެ މަންދޫބު ކަމަށް، އިންތިހާބު ކުރިއިރު، އެންމެ ފަހުންވެސް އެ މަގާމު ފުރުއްވީ ފައިސަލްއެވެ. އައިސީސީގައި އޭޝިއާ ސަރަހައްދު ތަމްސީލް ކުރުމުގެ ފުރުސަތު ފައިސަލަށް ލިބުނު ފުރަތަމަ ދައުރު ހަމަވެފައިވަނީ މިދިޔަ މާޗް މަހުގެ ނިޔަލަށެވެ.

ފައިސަލް ކުރައްވަން ޖެހޭނެ މަސައްކަތްތަކަކީ ވޯޓު ނުލެވޭ ގައުމުތަކުގެ ފަރާތުން އައިސީސީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވުމާއި އައިސީސީގެ އެކި މަސައްކަތްތަކާ ބެހޭ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމެވެ. މީގެ އިތުރުން، ނޮން ވޯޓިން ގައުމުތަކުގައި ކްރިކެޓް ޑިވެލޮޕްކުރުމުގައި، ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް ކުރަން ޖެހޭ މުހިންމު ކަންތައްތަކުގައި ވެސް ފައިސަލްގެ ބައިވެރިވުން އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް