ads
ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ:އިކޮނޮމިިކް މިނިސްޓްރީ
ބިދޭސީން ގަވައިދަށް ފައްތާ އޮޕަރޭޝަނަށް "ކުރަނގި"ގެ ނަން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ އޮޕަރޭޝަނަށްް ކަނޑުމަތީ ދޫނި "ކުރަނގި" ގެ ނަމުން ނަންދީފިއެވެ. ބިދޭސީން ގަވައިދަށް ފައްތާ
Advertisement

ކުރަނގި މީ މާރަނގައިގެ ތެރޭގައި އުޅޭ މާރަނގައަށް ވުރެ ތަންކޮޅެއް ކުޑަ ދޫންޏެކެވެ. ދޫނީގެ ކުލައަކީ ކަޅުއަޅިކުލައެވެ. ބޮލުގެ ތަލަ ހުންނަނީ ހުދު އަޅިކުލައެއްގައެވެ. މިއީ އައިނާ އަޅާ ދޫންޏެކެވެ.

ގަވައިދާ ހިލާފަށް އުލޭ ބިދޭސީން ހޯދާ އެމީހުން ގަވައިދުގެ ތެރެއަށް ވެއްދުމަށް ހިންގާ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާ މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން (ފިންގާ ޕްރިންޓް ) ނެގުމެވެ. މި މަސައްކަތް ފެށުމަށްް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ހިންމަފުށީގައެވެ. 

ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވީ މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ ރާއްޖޭގައި މަސްވެރިން މަސްއައިންތައް ހޯދުމަށް ބޭނުންކުރާ ކަނޑުމަތީ ދޫނި "ކުރަނގި" ނަމެވެ. 

ބިދޭސީން ގަވައިދަށް ފެއްތުމުގެ ގޮތުން އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް މާދަމާ ފަށާއިރު އެ މަސައްކަތް އެއްފަހަރާ ރާއްޖޭގެ ހުރިހާ ރަށެއްގައި މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށް ވަޒީރު އިހްސާން ވަނީ މިދިޔަ ހޯމަދުވަހުގެރޭ ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ކުރިޔަށް ގެންދާނީ ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެންކަމަށް އިހްސާން ވިދާޅުވިއެވެ. 

" ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި ހުރި ވޯކް ޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރަނީ." އިހްސާން މިދިޔަ ހޯމަދުވަހުގެ ރޭ ވިދާޅުވެފައިވެއެވެ.

ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށްފަހު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފަސޭހަ އިންތިޒާމުތަކެެއް ހަމަޖައްސަވާނެކަމަށްވެސް ދާހިލީ ވަޒީރު އިހްސާން ވިދާޅުވިއެވެ. އަދި އެއްވެސް އައިޑެންޓީއެއް ނެތް މީހުން އެމީހުންގެ ގައުމަތަކާއި ގުޅި ޓްރެވަލް ޑޮކިއުމެންޓް ހަދާ އެމީހުން ފޮނުވާލާނެކަމަށށާއި ގަވައިދާ ހިލަފަށް އުޅޭ ބިދޭސިންގެ މައްސަލަ 3 އަހަރު ތެރޭ ހައްލުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު އިހްސާން ވަނީ ދެއްވާފައެވެ. 

"ސީދާ ޖަވަބާކީ 3 އަހަރުގެ ތެރޭގައި އަޅުގަނޑުމެން [ބިދޭސީންގެ މައްސަލައަށް ހަައްލު] ގެންނާނަން. އަމަލީ މަސައްކަތް ފަށާނަން މޭ 2 ގައި." އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

މިގެއިތުރުން ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރާނެކަމުގެ ޔަގީންކަންވެސް އިހްސާން ވަނީ ދެއްވާފައެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެމީހުން ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް މިދިޔަ ސަރުކާރުންވެސް ފެށިއެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފޮނުވާވެސް ލިއެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް