8 ބޯލް ޗެމްޕިއަންޝިޕް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އަޒްރާ ހޯދީ ފޯރިގަދަ ފައިނަލް މެޗުގައި 6-7 ފްރޭމުން އައިމިނަތު ހަލީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި، މުހައްމަދު ސާހިލް ހަމީދުގެ މައްޗަށް ސުވައިދު ކުރިހޯދީ 11-8 ފްރޭމުންނެވެ.
8 ބޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ރޭންކިންގައި، އަންހެން ކުޅުންތެރިންގެ ގަދަ ހަތަރެއްގައި ޗެމްޕިއަން، އަޒްރާ އާއި އައިމިނަތު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ދީނާ އަހުމަދު އެވެ. އަދި ހަތަރަކަށް ދިޔައީ، ފަގީހާ އިބްރާހިމް އެވެ.
ފިރިހެން ކުޅުންތެރިންގެ ރޭންކިންގައި ޗެމްޕިއަން ސުވައިދު އާއި ރަނަރަޕް ސާހިލްގެ އިތުރުން ދެން ހިމެނެނީ ތިން ވަނަ އަށް ދިޔަ، އަހުސަން ހާޝިމް އާއި ހަތަރެއްގައި އޮތް ހަސަން ޝާޒް މުހައްމަދު އެވެ.