އަމިއްލަ ދަނޑުގައި ރޭ ބޮރޫޝިއާ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރި ލަނޑު ޖެހީ ނިކޮލަސް ފުލްކުރުގްއެވެ.
މި ދެ ޓީމުގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގައި ފްރާންސްގައެވެ. މި މެޗު އެއްވަރުވިޔަސް ފައިނަލުން ފުރުސަތު ލިބޭނީ ބޮރޫޝިއާއަށެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ އަށް ބޮރޫޝިއާ ޑޯޓްމެންޑް ދަތުރު ކުރީ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކަޓުވާލާފައެވެ. ސެމީގެ އެއް މެޗުގައި ޕީއެސްޖީއާ ބޮރޫޝިއާ ކުޅޭއިރު، ސެމީގެ އަނެއް މެޗުގައި ކުޅެނީ ރިއާލް މެޑްރިޑާ ބަޔާން މިއުނިކެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ނިމުނީ އެއްވަރު ވެގެންނެވެ.