ads
ދިޕިކާ
ދިޕިކާއަށް ސަޕްރައިޒް ހަދިޔާއެއް
ބޮލީވުޑުގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން، ރޮހިތު ޝެޓީގެ "ސިންގަމް 3" ނުވަތަ "ސިންގަމް އަގެއިން" ފިލްމުގެ ޝޫޓިންގައި ހުއްޓައި، ސަރޕްރައިޒް ހަދިޔާއެއް ލިބިއްޖެއެވެ.

"ސިންގަމް އަގެއިން" ފިލްމުގައި ދީޕިކާ ފެންނާނީ ފުލުހުންގެ އަންހެން އޮފިސަރެއްގެ ރޯލުންނެވެ.

ރަންވީރު ސިންގާ އެކު ފުރަތަމަ ދަރިފުޅަށް އުއްމީދުކުރަމުން އަންނަ ދީޕިކާ، މި ދުވަސްވަރު ވަރަށް އުފާވެރިކަމުގައި އުޅޭމުން އަންނަކަމަށް ބެލެވެއެވެ.  އާދީއްތަ ދުވަހު އޭނާ އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓެއްގައި ފެންނަނީ، ފިލްމުގެ ސެޓުގައި ހުއްޓައި ލިބުނު މާތަކެއްގެ ފޮތްޓައެއް ހިފައިގެން ހުރި ފޮޓޯތަކެކެވެ. މި ހަދިޔާއާއެކު ނޯޓެއްގައި ލިޔެފައި ވަނީ "އަޅުގަނޑުމެންގެ ހީރޯ، ލޭޑީ ސިންގަމަށް" މިހެންނެވެ.

ދީޕިކާ މި ޕޯސްޓާއެކު އިތުރު ކެޕްޝަނެއް ލިޔެފައެއް ނުވިނަމަވެސް، ފޭންސުން ވަނީ ކޮމެންޓްތަކުން ލޯތްބާއި އިހުތިރާމުގެ ތަހުނިޔާ ދިޕިކާއަށް އަރިސްކޮށްފައެވެ.

"ސިންގަމް އަގެއިން" ގައި ދީޕިކާއާ އެކު އަޖޭ ދެވްގަން، ރަންވީރު ސިންގް، އަކްޝޭ ކުމާރު އަދި ކަރީނާ ކަޕޫރު ފެންނާނެއެވެ.

ދީޕިކާ ފެބްރުއަރީ މަހު އޭނާގެ ބަލިވެއިނުމުގެ ޚަބަރު އިއުލާންކުރި އިރު، ސެޕްޓެންބަރު 2024 ގައި ތުއްތު ދަރިފުޅާ ބައްދަލުވާނެ ކަމަށް ވަނީ ބުނެފައެވެ. ދެމަފިނިންނަށް ދަރިއަކު ލިބޭއިރު، ދީޕިކާ އަދި ރަންވީރުގެ ކައިވެނީގެ 5 އަހަރު ވެއްޖެއެވެ.

ޕްރަބާސް އަދި އަމިތާބް ބައްޗަން އާ އެކު "ކަލްކީ 2989 އޭ.ޑީ" ފިލްމުގައި ވެސް ދީޕިކާ މި އަހަރު ފެންނާނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް