ads
ކްރިޝް
ކްރިޝް 4 ގެ ޝޫޓިން 2025 ގައި ފަށާނެ
ބޮލީވުޑުގެ ޝައުގުވެރިކަން ހޯދާފައިވާ ސުޕަރްހީރޯ ފްރެންޗައިޒް، ކްރިޝްގެ ހަތަރުވަނަ ބައި "ކްރިޝް 4" ގެ ޝޫޓިން 2025 ވަނަ އަހަރު ފަށާނެކަން އިއުލާނުކޮށްފިއެވެ.

މި ފިލްމުގެ އެންމެ މުހިންމު ކާސްޓެއް ކަމަށްވާ، މަޝްހޫރު ތަރި ހްރިތިކް ރޯޝަން ވަނީ މި ހަބަރު ކަށަވަރުކޮށްދީފައެވެ.

ހްރިތިކް ކުޅެމުން އަންނަ ކްރިޝްގެ ކެރެކްޓަރަކީ އިންޑިއާގައި އެންމެ ލޯބިވާ އެއް ސުޕަރް ހީރޯއެވެ. ފޭންސުން މި ފިލްމު ތަކުރާރުކޮށް ބަލަމުން ގެންދާއިރު، ކްރިޝް 3 އަށްފަހު، ސިލްސިލާގެ ހަތަރުވަނަ ބައި ބޮޑު ޝައުގުވެރިކަމާއެކު އަންނަނީ އިންތިޒާރުކުރަމުންނެވެ. 

ހްރިތިކް 2021 ގައި މި ފިލްމުގެ ހަތަރު ވަނަ ބައި ކުޅޭނެކަން އިއުލާނުކުރި ފަހުން މިއަދާއި ހަމައަށް އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

ކްރިޝް ފްރެންޗައިޒްގެ ޑައިރެކްޓަރު ސިދާރުތު އާނަންދު ވެސް ވަނީ، ކްރިޝް 4 ގެ މަސައްކަތް ކުރިއަށްދާނެކަން ކަށަވަރުކޮށްދީފައެވެ. މި ފިލްމަކީ، ފައިޓާ، ކިންގ، ޖުވެލް ތީފް އަދި ރެމްބޯ ފަދަ ފިލްމުތަކާއެކު މާފްލިކްސް ޕްރޮޑަކްޝަނުން ނެރޭ 5 ވަނަ ފިލްމަށް ވާނެއެވެ.

މި ވަގުތު ހްރިތިކް ރޯޝަން، އަންނަނީ "ވޯ 2" ގެ ޝޫޓިންގގައި މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް