ads
ދެން އަންނަ ކަރަންޓް ބިލުވެސް ބޮޑުވާނެ: ފަހުމީ
އަންނަމަހުގެ ވެސް ކަރަންޓް ބިލުތައް ބޮޑުވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ކަރަންޓް ބިލުވެސް ބޮޑުވާނެކަމަށް ފަހުމީ މި ވިދާޅުވީ ސަރުކާރުން ބިލްތަކަށް ޑިސްކައުންޓްތަކެއް ދިންނަމަވެސް ކަރަންޓްް ބިލުތައް އިންތިހާއަށް ބޮޑުވެފައިވާކަމަށްް ބުނެ ރައްޔިތުން ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ދައުލަތުގެ ޓީވީން ގެނެސްދޭ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ހޫނު މުސުމަށް ކަރަންޓް ބިލު ބޮޑުވާކަމަށެވެ. އަދި މި އަހަރުވެސް މީ އާ ވަހަކައެއް ނޫންކަމަށާއި އަންނަމަހުވެސް ކަރަންޓް ބިލު ބޮޑުވާނެކަމަށް ފަހުމީ ވިދާޅުވިއެވެ. 

" އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން މިހިރަ ގޮތުންވެސް އަދި މިމަހު އެކަންޏެއް ނޫން. މިއަންނަ މަހުވެސް ހަމަ އަޅުގަނޑުމެންނަށް މި ފޯކާސްޓް ދައްކާގޮތުން ކަރަންޓް ބިލު ބޮޑުވާނެކަމަށް އަޅުގަނޑުމެން މިބަލަނީ." ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އެކުންފުނިން ބެލުމުންވެސް މި މަހުގެ ކަރަންޓް ބިލު އެހެން އަހަރުތަކާއި ހިލާފަށް ބޮޑުކަން ފާހަގަވެފައިވާކަމަށެވެ. އެހެންނަމަވެސް އެ ބިލް ބޮޑުވީ ސްޓެލްކޯއިން ކަމެއް ކޮށްގެން ނޫންކަމަށާއި އެއީ ކަރަންޓް ބޭނުންކުރުމުން ވީގޮތެއްކަމަށް ފަހުމީ ވިދާޅުވިއެވެ. 

" ރާއްޖޭގެ މިފަހުގެ ތާރީހުގައި އެންމެ ބޮޑަށް ހޫނުވި މަސްތައްކަން ނޭގެ މި އަންނަނީ. މިދިޔަ މަހާއި މިމަހާއި އަދި ކުރިޔަށް އޮތް މަހުގެ ގޮތެއއްވެސް އަދި އަޅުގަނޑުމެންކަށް ނޭގޭ. އެހެންވީމާ ހޫނު ގަދަވުމުގެ ސަބަބުބް ކަރަންޓް ބިލު ބޮޑުވެގެން މިއުޅެނީ . އޭއީ އަޅުގަނޑުމެން ގަބޫލުކުރާ ގަބުޅުކުރުމަކީ، އެއީ ހަގީގަތަކީވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން." ފަހުމީ ވިދާޅުވިއެވެ.

ރަމަޟާން މަހު ޑޮމެސްޓިކް ކަރަންޓާއި ފެން ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެކަމަށް ހައްލެއް ހޯދާ ދިނުމަށް ކަރަންޓައި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ރައީސް މުއިއްޒު ނިންމެވިއެވެ. އެހެންނަމަވެސް އެ ޑިސްކައުންޓް ދިނުމުންވެސް އެހެން ފަހަރަކުތަކަށް ވުރެ ބިލްތައް ބޮޑުކަމަށްް ބުނެ އާއްމު ރައްޔިތުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް