ads
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖެއިޝަންކަރު—
ފޮރިން މިނިސްޓަރު އަންނަ ހަފުތާގައި އިންޑިއާއަށް
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަންނަ ހަފްތާގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތާވަލުކުރައްވައިފި އެވެ.
Advertisement

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާ ބުރާސްފަތި ދުވަހުއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ފަހުން މި ސަރުކާރުގެ އިސްބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. ނަމަވެސް ރައީސް މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ.

އާ ސަރުކާރުން ޗައިނާއާ މާ ގާތް ގުޅުމެއް ބާއްވާ ކަމަށް ބުނެ އިންޑިއާގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް ރާއްޖެ އަށް އަމާޒުވެފަ އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރަޓަރީ ޖައިޝަންކަރުއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

މި މަހު8 އިން10އަކަށް މިދަތުރުފުޅު ތާވަލުކޮށްފައިވާ އިރު، މި މަހު10ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު ފުރާނެ ކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ބެލެވޭ ގޮތުގައި މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި ވެސް މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރައްވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް