ads
ގާ ހުދުވުމުގެ މައްސަލަ އާ ހުރެ ބިން ހިއްކުން މަޑުޖައްސާލަން އެމްއެމްއާރުއައިއިން ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ:އެޗްޑީސީ
ގާ ހުދުވުމުގެ މައްސަލަ އާ ހުރެ ބިންހިއްކުން މަޑުޖައްސާލަން އެމްއެމްއާރުއައިއިން އަންގައިފި
ކަނޑުތަކުގެ ހޫނުމިން މަތިވެ، ގާ ހުދުވުމުގެ ހާދިސާތައް ކުރިމަތިވަމުން އަންނާތީ މި ދުވަސްވަރު ހުރެ ފަޅު ފުންކުރުމާއި ބިން ހިއްކުން ފަދަ ކަންކަން މަޑުޖައްސާލުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއާރުއައިއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވުމަށް މަގުފަހިވާ ދުވަސްވަރެއް ކަމަށެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށްް ނޮޔާއިން ހިންގާ "ކޮރަލް ރީފް ވޮޗް" ޕްރޮގްރާމުން އެކި ގައުމުތަކުގެ ކަނޑުތަކުގެ ހޫނުމިނާ ގުޅިގެން ފަރުތަކުގެ ގާ ހުދުވުމަށް ކުރިމަތިވާ ސްޓްރެސްއަށް ބަލައި ގާ ހުދުުވުމުގެ ހާދިސާތައް ދިމާވުން އެކަށީގެންވާ މިންވަރު ތަފާތު ފަސް ގިންތިއަކަށް ބަހާލާފައިވާ ކަމަށް އެމްއެމްއާރުއައިގެ ބަޔާނުގައިވެ އެވެ.

"ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ވަގުތީގޮތުން ނަމަވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަމެވެ،"

ކަނޑުތަކުގެ ހޫނުމިން މަތިވެ، ގާ ހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރު، ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ އެންމެހާ އެންމެހާ މަސައްކަތްތައް ކަމަށްވާ ފަޅު ފުންކުރުމާއި ބިން ހިއްކުމާއި ބީޗް ނަރިޝިން ފަދަ ކަންކަން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އެމްއެމްއާރުއައިގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެމްއާރުއައިއިން ވަނީ ގާ ހުދުވެފައިވާކަން ފާހަގަކުރެވޭ ނަމަ، ކޮރަލް ބްލީޗިން ރިޕޯޓިން ލިންކް ނުވަތަ ފޯމުގައިވާ މައުލޫމާތު ފުރުމަށްފަހު އީމެއިލް [email protected] މެދުވެރިކޮށް އެ އިންސްޓިޓިއުޓަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް