ads
ސްޓެލްކޯގެ އެމްޑީ ފަހުމީ: ވިދާޅުވީ ރޯދަ މަހު ޑިސްކައުންޓަށް 20 މިލިއަން ރުފިޔާ އެ ކުންފުނިން ދެވުނު ކަމަށް - ފޮޓޯ:ރައީސް އޮފީސް
ޝަކުވާތައް ބޮޑުވުމުން ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދެނީ
ކަރަންޓް ބިލްތައް ބޮޑުވެ އާއްމުން ޝަކުވާތައް އިތުރުވުމުން ރޯދަމަހުގެ ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމައިފިއެވެ.
Advertisement

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި މީގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިވާކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެކަމަށެވެ. 

" ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." ފަހުމީ ވިދާޅުވިއެވެ.

މިދިޔަ މަޖލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ބ. އޭދަފުށީގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒީ ވިދާޅުވީ ރޯދަމަހު އާއްމުކޮށް ކަރަންޓާއި ފެން ބިލް ބޮޑުވާތީ ދެން އެހެން ނުވާނެކަމަށެވެ. އަދި ކަރަންޓާއި ފެން ބިލް ކެޕްކުރައްވާނެކަމަށައި ދެން ރޯދަމަހުގެ ބިލް ހުންނާނީ އާންމު މަހެއްގައި ހުންނަވަރަށްކަމަށެވެ. 

" މި އަންނަ ރަމަޟާން މަސް، ދެތިން ދުވަސް މިއޮތީ ބާކީ. ރަމަޟާން މަހު އާންމުކޮށް ކަރަންޓު ބިލާއި ފެން ބިލް ވަރަށް ބޮޑުވޭ. އެއީ، ދެން ނެޗުރަލީ އެކަން ވާގޮތް. ވަރަށް ތަކުލީފު ބޮޑުވާ ކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހު ކަރަންޓް ބިލާއި ފެން ބިލް ހުންނާނީ،" ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.

އެހެންނަމަވެސް ރޯދަ މަސް ނިންމާ ބިލްތައް އައިއިރު ބިލްތައް އިންތިހާއަށް ބޮޑުކަމެއް ބުނެ އާއްމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ. އެއާއި އެކު މިމަހުގެ 28ގައި ރައީސް އޮފީހުގައި ބޭއްޗި ޕްރެސްއެއްގައި ސްޓެލްކޯއާ ފެނަކައިގެ އެމްޑީ ވިދާޅުވީ ކަރަންޓް ބިލު ބޮޑުވެފައިވަނީ ކުންފުނީގެ މައްސަލައަކުން ނޫންކަމަށާއި އެއީ ކަރަންޓް ރައްޔިތުން ބޭނުންކުރި ވަރުކަމަށެވެ. 

މި ޕްރެސްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ ރައީސް ނިންމަވާފައި އޮތީ ރޯދަމަހު ފޮނުވާ ބިލްތަކުން ލުޔެއް ދެއްވާގޮަތަށް ކަމަށެވެ. އަދި އެކަން ވަރަށް ރަނގަޅަށް ކުރެއްވިކަމަށް ވިދާޅުވިއެވެ. 

"ޖުމުލަ ގޮތެއްގައި ރޯދަ މަހު ހަރަދު ބޮޑު މަހަކަށްވާތީވެ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި އޮތީ ރޯދަ މަހު ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަ މަހު އަޅުގަނޑުމެން ފޮނުވާ ބިލަށް ޑިސްކައުންޓެއް ދޭ ގޮތަށް. އަޅުގަނޑުމެން ވާނީ ވަރަށް ތަނަވަސްކޮށް އެ ޑިސްކައުންޓު ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށް ދީފަ،" ރައީސް އޮފީހުގައި ހުންނަވާ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވިއެވެ.

މިމަހުގެ ކަރަންޓް ބިލުތައް ބޮޑުވެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް އަންނަމަހުގެ ވެސް ކަރަންޓް ބިލުތައް ބޮޑުވާނެކަމުގެ އިންޒާރު ފަހުމީ ރޭ ވަނީ ދެއްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް