އެ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކާއި ގޯތި ހަވާލު ކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު 14 ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި ހަވާލު ކޮށްފައިވާ ކަމަށެވެ. އެ 14 ގޯތި ހަވާލު ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާއި މިއަދު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު 6 ގޯތި ވަނީ ހަވާލު ކޮށްފައެވެ. އަދި މިއަދު ވަނީ 8 ގޯއްޗެއް ހަވާލުކޮށްފަ އެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދެއަކުން 1380 ގޯތި ދޫކުރުމަށް ވަނީ ސޮއިކޮށްފަ އެވެ. މިހާތަނަށް ހުޅުމާލެ އިން 526 ގޯއްޗެއް ވަނީ ގޯތި ލިބުނު މީހުންނަށް ހަވާލުކޮށްފައި ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުންޏެވެ.