
ހޯނޑެއްދޫގެ އިހުތިސާސުގެ ތެރޭގައި އޮންނަ އޮންނަ ކަނޑެވާރެހާ އަކީ ގާތްގަނޑަކަށް 4.6 ހެކްޓަރުގެ ކުޑަ ރަށެކެވެ. މި ރަށް ކައިރީ ގިނަ އަދަދެއްގެ ފަޅުރަށްތައް އޮވެއެވެ
ރައީސް އޮފީހުން ބުނީ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްގީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިހްތިސާސުން އެރަށް ވަކިކޮށް، ގދ. ހޯނޑެއްދޫގެ އިހްތިސާސަށް ބަދަލުގެނައުމަށް ރައީސް މުއިއްޒު މިއަދު ނިންމަވާފައިވާކަމަށެވެ.
އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން އެ މަނިކުފާނު މިއަދު ނެރުއްވި، ޤަރާރުންކަމަށެވެ.
ގދ. ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހޯނޑެއްދޫ ކައުންސިލުން މިއަދު އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާންކުރިއެވެ. އެރަށް ކުއްޔަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާއިރު ރަށުގެ ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 700،000 ޑޮލަރު ( 10.7 މިލިއަން ރުފިޔާ) ރުފިޔާކަމަށް އޭރު ކައުންސިލުން ކުރި އިއުލަންގައިވެއެވެ. އަދި އެރަށުން އަހަރަކު ސާފު ފައިސާގެ ގޮތުގައި 10 މިލިއަންނާއި 22 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ލިބޭނެކަމަށްވެސް ވަނީ ބުނެފައެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ރިސޯޓް ހަދަން އިއުލާންކުރި ރަށްތަކުގެ ތެރޭގައިވެސް ގދ. ކަނޑެވާރެހާ ވަނީ ހިމަނާފައެެވެ. އެ ރަށުގައި ތަރައްގީކުރަނީ 200 އެނދު ރިސޯޓެއްކަމަށާއި އޭރުން 309 ވަޒީފާ އުފެދޭނެކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ.