ads
ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން
ގާޒާގެ އިންސާނީ އެހީއަށް ދަތިކުރާތީ، ތުރުކީން އިޒްރޭލާ ވިޔަފާރީގެ ގުޅުން ކަނޑާލައިފި
އިސްރާއީލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ތުރުކީވިލާތުން އިސްރާއީލާއި އެކީ ކުރަމުން އަންނަ ހުރިހާ ވިޔަފާރިތައް މެދުކަނޑާލައިފި އެވެ.
Advertisement

މި ނިންމުމާ ގުޅިގެން، ދެ ގައުމުގެ މެދުގައި ހެދިފައިވާ އެއްބަސްވުންތަކާ ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ކަނޑައެޅިގެން ހިލާފުވެފައިވާ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"އިޒްރޭލަށް އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުން ވަނީ ހުއްޓާލާފައި. ގާޒާއަށް އިންސާނީ އެހީ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ހުއްދަ އިޒްރޭލުން ނުދޭހާ ހިނދަކު މި ފިޔަވަޅު ދެމި އޮންނާނެ،" ތުރުކީގެ ޓްރޭޑް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ތުރުކީން މީގެ ކުރިން ވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އިސްރާއީލުގެ ބައެއް ޕްރޮޑަކްތައް އެގައުމަށަ އެތެރެ ކުރުމާއި ބޭރު ކުރުން މަނާކޮށްފަ އެވެ.

ތުރުކީގެ މި ނިންމުމާއި ގުޅިގެން އިސްރާއީލުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެގޮތުން އިސްރާއީލުގެ ފޮރިން މިނިސްޓަރ، ކެޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތުރުކީގެ ރައީސް އަންނަނީ ހެދިފައިވާ އެއްބަސްވުންތަކާއި ހިލާފަށް އެކްސްޕޯޓް އަދި އިމްޕޯޓަށް ބަންދަރުތައް ބަންދު ކުރަމުން ކަމަށެވެ.

ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ޔަހޫދީ ފައުޖުން ވެސް ދަނީ ހުރަސް އަޅަމުންނެވެ. މި ގޮތުން, ގާޒާއަށް ކޮންމެ ދުވަހަކު ވެސް އެތެރެވުމުގެ ފުރުސަތު ދެނީ މަދު އަދަދެއްގެ އުޅަނދަކަށެވެ. އަދި, މި ގޮތަށް އެތެރެވެ ގާޒާގެ ތެރޭގައި ދަތުރު ކުރަމުންދާ އުޅަނދުފަހަރަށް ވެސް ޔަހޫދީ ފައުޖުން ދަނީ ހަމަލާ ދެމުންނެވެ. އަދި, އެހީއަށް މަޑުކޮށްގެން ތިބޭ ފަލަސްތީނުގެ މުސްލިމުންނަށް އަމާޒުކޮށް ރަޙުމު ކުޑަ ޙަމަލާތައްދީ, ޔަހޫދީ ފައުޖުން ދަނީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ.

"ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ އުރުދުންގެ ދެ ގާފިލާއަކަށް ހަމަލާދީ, ހުއްޓުވާފައި ވަނީ ޔަހޫދީ ޢާންމުންގެ ބައިގަނޑެއް،" އުރުދުންގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 35,596އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 77,816އަށް އުފުލިފަ އެވެ. އދއިން ބުނީ, ގާޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގަ އެވެ.

އަދި އަވަހަށް ގާޒާއަށް ފޯރުކޮށްނުދެވިއްޖެނަމަ، ގާޒާގައި ދިރިއުޅޭ އެތައް މިލިއަން ފަލަސްތީނުގެ ރައްޔިތުން ބަނޑައްޖެހޭނެ ކަމުގެ އިންޒާރު އދ. އާއި އެހީފޯރުކޮށްދޭ ދުނިޔޭގެ ބޮޑެތި ޖަމާއަތްތަކުން ދަނީ ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް