ads
މޭޔަރު އާދަމް އާޒިމް ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންްސިލްގެ ގަވާއިދުތައް އެންމެ މަތިން ތަންފީޒްކުރާނަން: މޭޔަރު
މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ގަވައިދުތަކެއް އެންމެ މަތީ ދަރަޖައިގައި ތަންފީޒްކުރައްވާނެކަމުގެ ޔަގީންކަން މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

މޭޔަރު އާދަމް އާޒިމް މިހެން ވިދާޅުވެފައިމިވަނީ މާލޭ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެގެން ކައުންސިލުން ޖޫރިމަނާކުރަމުން ދިޔަނަމަވެސް އެކަން އިތުރަށް ތަކުރާރު ވެގެންދާތީ އެހެން ފިޔަވަޅެއް އެޅުމުގެ ވިސްނުން މެއް ގެންގުޅުއްވާތޯ "ސީއެންއެމް" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ނިމުނު ރޯދަ މަހުވެސް މާލޭ ސިޓީ ކައުންސިލްއިން ވަނީ ގިނަ އަދަދަަކަށް މާލޭގެ މަގުތަކަށް ކުނި ނެރުނު 100 އަށްވުރެއް ގިނަ ފަރާތެއް ޖޫރިމަނާކޮށްފަ އެވެ. މާލޭގެ އެކި ސަރަހައްދުތައް ބޮޑު މިންވަރަކަށް ގޮނޑުވުމުގެ ސަބަބުން ސިޓީ ކައުންސިލްއާއި ވެމްކޯއިން ގުޅިގެން ވަނީ ސާފުކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ފަށާފައެވެ. އެގޮތުން ސިޓީ ކައުންސިލް އިން ބުނީ ފެބްރުއަރީ މަހުން ފެށިގެން މާޗުު މަހުގެ ނިޔަލަށް 100 މީހުން ޖޫރިމަނާކޮށްފައިވާކަމަށެވެ. އެގޮތުން ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަަމަށް ސިޓީ ކައުންސިލް އިން މައުލޫމާތުދެ އެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި، އާންމުން އެއްވެ އުޅޭ ތަންތަނާއި ވިޔަފާރީ ސަރަހައްދުތަަކށް ކުނި އެޅުމަކީ މަނާކަމެކެވެ. އެފަދަ ތަންތަަނަށް ކުނި އެޅުމުން ކައުންސިލްގެ ފަރާތުން ޕޮލިހަށް މައްސަލަ ހުށަހެޅުމާއި އެކު އެފަރާތަުން ޖޫރިމަނާކުރެ އެވެ.

މީގެ އިތުރުން "ސީއެންއެމް" އިން ވަނީ ކުޑަ އީދަށް މާލޭގައި ދިއްލާލި ދިއްލުންތައް އަދިވެސް ނުނަގާހުރިކަމަށް ފާހަގަކޮށް އެެއްޗެހި ނެގުން ލަސްވުމަމުންދާ ސަބަބަކީ ކޮބައިތޯ މޭޔަރުއާއި ސުވާލުކޮށްފަ އެވެ. ޖަވާބުގައި އާޒިމް ވިދާޅުވީ ދިއްލާލުންތައް ދަނީ މިހާރުވެސް އަންނަނީ ނަގަމުން ކަމަށާއި ލަސްވަމުން ދަނީ އެއެއްޗެހީގެ ސްޓްރަކްޗާ ނުވަތަށް ބިމުއަޑިއަށް ޖަހާފައި ހުންނަ ބައި ނަގަން އުނދަގޫވާތީ ކަމަށް ހާމަކޮށްފަ އެވެ.

ސިޓީ ކައުންސިލުން ވަނީ ކުޑަ އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރިކޮށްފަ އެވެ. އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 2224 ބޮކި ވަނީ ސިޓީ ކައުނސިލުން ހަރުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް