ads
ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ރާއްޖޭގައި އުޅޭ ބަނގުލަދޭޝް މީހުންނަށް އެމީހުންގެ ބަހުން ދަރުސް ދޭން ފަށައިފި
ރާއްޖޭގައި އުޅޭ ބަނގުލަދޭޝް މީހުންނަށް އެމީހުންގެ ބަހުން ދަރުސް ދޭން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި އުޅޭ ބަންގުލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފެށިކަން ހާމަކޮށް، ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ. 

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ބެންގާލި ބަހުން ދަރުސް ދޭނެ ދީނީ އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން މާރޗް މަހު އިއުލާނެއް ވަނީ ކޮށްފައެވެ. 

އެ އިއުލާނުގައި ބުނެފައި ވަނީ، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދަރުސްތައް ދިނުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބެންގާލި ބަހުން އެ މަސައްކަތް ކުރެވޭނެ އިލްމުވެރިންގެ ޕޫލެއް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން، ބެންގާލީ ބަހުން ހިންގާ ދީނީ ހޭލުންތެރިކަމުގެ ސެޝަނަކަށް 500ރ. އަދި ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000ރ. ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ސުންނީ މުސްލިމަކަށް ވުމާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ވެގެން ޝަރުއީ ކޯޓަކުން އެއްވެސް ހުކުމެއް ސާބިތުވެފައި އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް