ads
ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއް
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށްް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުވުމަށް ބޭނުންވާ މީހުންނަށް އެކަމަށް އެދުމަށް ހުޅުވާލި ފުރަތަމަ ފުރުސަތު މިދިޔަ މަހު ހަމަވިއިރު 1913 މީހުން ކުރިމަތިލިއެވެ. 

ގިރާވަރުފަޅު އަދި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ. 

2450 އަކަފޫޓު އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންނެވެ. ދެވަނަ ފުރުސަތުގައި ގޯތި ބަދަލުކުރަން އެދެން ހުޅުވާލީ މި ދެ ކެޓަގަރީން އެކަންޏެވެ. މި ފުރުސަތު މިމަހުގެ 13 ވަނަދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން ކުރިމަތިލީ އަދަދު 

  • 1250  އަކަފޫޓުގެ 193 ގޯއްޗަށް / 928 މީހުން ކުރިމަތިލި 
  • 1650  އަކަފޫޓުގެ 663 ގޯއްޗަށް / 769 މީހުން ކުރިމަތިލި 
  • 2050  އަކަފޫޓުގެ 487 ގޯއްޗަށް / 213 މީހުން ކުރިމަތިލި 
  • 2450  އަކަފޫޓުގެ 4 ގޯއްޗަށް / 3 މީހުން ކުރިމަތިލި 

ގުރުއަތުން ނެގުން އޮންނާނީ 1250 އަކަފޫޓާއި 1650 އަކަފޫޓް ގޯތިތަކަށް ކުރިމަތިލީ މީހުންގެ މެދުގައިކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ގުރުއަތު ނެގުން އޮންނާނެ ދުވަސް ފަހުން އިއުލާންކުރާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.  

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް