ads
މިއަދު ބޭއްވި ބައި- އިލެކްޝަންގައި މީހަކު ވޯޓްލަނީ
މިއަދު 6 ބައި-އިލެކްޝަނުން 4 ގޮނޑި ޕީއެންސީއަށް
މިއަދު ކުރިޔަށްދިޔަ 6 ބައި- އިލެކްޝަނުން 4 ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށްދަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުމެވެ. 

މި އިންތިހާބުން ޕީއެންސީން ކާމިޔާބުކުރި 4 ގޮނޑިއަކީ ހއ. އުތީމާއި ނ. ވެލިދޫ، ތަކަންދޫ އަދި އިންނަމާދޫ ކައުންސިލްގެ މެމްބަރުކަމެވެ. އަނެއް ދެ ގޮނޑީގެ ތެރެއިން ލަންދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއެވެ. މ. މަޑުއްވަރީ ކައުުންސިލް ރައީސްގެ ގޮނޑި ކާމިޔާބުކުރީ ދ ޑިމޮކްރެޓްސް އެވެ.

އުތީމު ކައުންސިލް މެމްބަރުކަމުގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރީ 5 ވޯޓްގެ ތަފާތުންނެވެ. އެ ގޮނޑިއަށްް ދެން ވާދަކުރީ މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓްއެވެ. ވެލިދޫ ކައުންސިލްގެ ގޮނޑި އެމްޑީޕީއާއި ވާދަކޮށް ޕީއެންސީން ހޯދީ 100 ވޯޓްގެ ތަފާތުންނެވެ. 

ތަކަންދޫ ދާއިރާގެ ކައުންސިލް މެމްބަރުގެ ގޮނޑި ޕީއެންސީން ކެންޑިޑޭޓް ކާމިޔާބުކުރީ 36 ވޯޓްގެ ތަފާތުންނެވެ. މި ގޮނޑިއަށްވެސް ދެން ވާދަކުރީ އެމްޑީޕީ ކެންޑިޑޭޓްއެކެވެ. ރ. އިންނަމާދޫ ކައުންސިލްގެ މެމްބަރުކަމުގެ ގޮނޑި ޕީއެންސީން އެމްޑީޕީއާ ވާދަކޮށް ކާމިޔާބުކުރީ 178 ވޯޓްގެ ތަފާތުންނެވެ. 

ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑި ވެރިކަންކުރާ ޕީއެންސީއާ ވާދަކޮށް އެމްޑީޕީން ކާމިޔާބުކުރީ 32 ވޯޓްގެ ތަފާތުންނެވެ. 

ބައި އިލެކްޝަންގައި މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަގާމު ޕީއެންސީގެ ކެންޑިޑޭޓާއި ވާދަކޮށް ގޮނޑި ކާމިޔާބުކުރީ ދަ ޑިކޮމްރެޓްސްގެ ކެންޑިޑޭޓްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް