ads
އިޕްސްވިޗް ޓައުންގެ ސަޕޯޓަރުން
އިޕްސްވިޗް އަލުން ޕްރިމިއާ ލީގަށް
އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ދެވަނަ ހޯދައިގެން، އަންނަ ސީޒަނަށް އިގިރޭސި ޕްރިމިއާ ލީގަށް އިޕްސްވިޗް ޓައުން ކޮލިފައިވެއްޖެއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަން ނުވަނަ ޗެމްޕިއަންޝިޕްގެ ދެ ވަނަ މަގާމު ކަށަވަރުކޮށް، އިޕްސްވިޗް ޓައުން އަންނަ ސީޒަނަށް ޕްރިމިއާ ލީގަށް ކޮލިފައިވީއިރު، އެ ޓީމަށް އަލުން ޕްރިމިއާ ލީގަށް މި އާދެވުނީ 22 އަހަރު ފަހުންނެވެ. އެ ޓީމުން ދެވަނަ ޑިވިޝަނުން ޓޮޕް ޑިވިޝަނަށް އެރިއިރު، ތިންވަނަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް ކޮލިފައިވީ މިދިޔަ ސީޒަންގައެވެ. އިޕްސްވިޗުން ޖެހިޖެހިގެން ދެ ސީޒަނުގައި ދެ ޑިވިޝަނުން ޕްރޮމޯޓްވެ، ޕްރިމިއާ ލީގަށް އައިއިރު، އެ ޓީމުގެ ކޯޗަކަށް ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ އެސިސްޓަންޓް ކޯޗު، ކިއެރަން މެކްކެނާ އެވެ. 

އިޕްސްވިޗަކީ، 2011-2012 ވަނަ ސީޒަނުގައި ސައުތެމްޓަނަށް ފަހު، ޖެހިޖެހިގެން ދެ ސީޒަނުގައި ޕްރޮމޯޓްވެ، ޕްރިމިއާ ލީގަށް އައި ފުރަތަމަ ޓީމެވެ.

އިޕްސްވިޗް ދެވަނަ ޓީމުގެ ގޮތުގައި ޕްރިމިއާ ލީގަށް ކޮލިފައިވީއިރު، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގައި ކޮލިފައިވީ ކުރިން ލީގު ކާމިޔާބުކޮށްފައިވާ ލެސްޓަ ސިޓީއެވެ. އަދި ޕްރިމިއާ ލީގުގެ ފަހު ކޮލިފައިން ޖާގަ ލިބޭ ޓީމެއް ކަނޑައެޅޭނީ ޕްލޭއޮފް ބުރުންނެވެ. 

ޕްލޭއޮފްގެ އެއް ސެމީގައި ކުޅޭ ޓީމްތައް 

- ލީޑްސް ޔުނައިޓެޑާއި ނޮރިޗް ސިޓީ 

- ވެސްޓް ބްރޮމްވިޗް އަލްބިއަން އާއި ސައުތެމްޓަން 

ޕްލޭ އޮފް ސެމީގައި ކުޅޭ މި ހަތަރު ޓީމުގެ ތެރެއިން، އެއް ޓީމަކަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް