އެމްއެންޑީއެފުން ބުނީ ފަރަށްް އަރާފައިވަނީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއްކަމަށެވެ. މި ބޯޓަކީ މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ.
މި ބޯޓުން ދަތުރުކުރަމުންދިޔަ އެންމެގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ފަަރަށް އެރި ރޯޝަނީ ބޯޓް
މި ބޯޓު އަރާފައި ވަނީ ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރި އޮތް ގިރިއަކަށެވެ. އެމްއެންޑީއެފުން ބުނީ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓް ފުންކުރެވެނީ ބޮޑު ދިޔާގައިކަމަށާއި ކަފު ޖަހާނެ ބޯޓެއް އައުމުން އެކަން ފަށާނެކަމަށެވެ.