އެމްޑަބްލިއުއެސްއީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނިމިދިޔަ ރޯދަ މަހު ސަރުކާރުން ފެން ބިލާއި ކަރަންޓު ބިލުން ރައްޔިތުންނަަށް ޑިސްކައުންޓްދިނުމަށް ނިންމަވާފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ފާއިތުވި ރޯދަ މަހު ކަސްޓަމަރުންނަށް ޑިސްކައުންޓް ފޮރުކޮށްދީފައިވަނީ 11 މާޗް އިން 11 އޭޕްރީލް ގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަަށްކަން ފާހަގަކޮށް އެމްޑަބްލިއުއެސްސީން ބުނީ އެ މުއްދަތުގެ ތެރޭގައި 14.3 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަމަށެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލް ކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަ ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެ އެވެ.
އެ ބިލްތަކުގައި ރޯދަމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށްކަމަށް ވުމާއި އެކު ރޯދަ މަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން އެ މަސް ތެރޭގައި ބޭނުންކުރެވުނު ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން މިވަނީ ޑިސްކައުންޓް ދިނުމަށް ނިންމާފައިިވާމަކަމަށް އެ ކުންފުނިން ވަނީ ބަޔާނުގައި ހާމަކޮށްފައެވެ.
އެމްޑަބްލިއެސްސީން ވަނީ އެ ބަޔާނުގައި އޭޕްރީލް މަހުގެ ބިލްތަކަށް ކަސްތަމަރުންނަށް ޑިސްކައުންޓް ލިބިގެންދާނެގޮތުގެ މައްޗަަށް އަލިއަޅުވާލާފައެވެ. އެގޮތުން އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓް ހިމަނައިގެން ފޮނުވާފައިވާ މަާޗް މަހުގެ ބިލަށްވުރެއް ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށްދޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެގޮތުން އުނިކޮށްދޭ މިންވަރަކީ އޭޕްރީލްމަހުގެ ބިލްގެ 10 އިންސައްތައަށްވުރެއް ކުޑަމިންވަރެއް ކަމުގައިވާނަމަ، 10 ޕަސަންޓްއާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރުމަތިކޮށްދިނުންކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.
މީގެ އިތުރުން އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށްވުރެއް ކުޑަނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުން 10 އިންސައްތައިގެ ޑިސްކައުންޓް ދެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން އަލަަށް ފެން އަދި ކަރަންޓުު ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލްމަހުގެ ބިލްކަމުގައި ވާނަމަ އެފަދަ ފަރާތަތަަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭނެކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެ އެވެ.
މި ބަދަލުތަކާއި އެކު ޑިސްކައުނތްގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރުންނަށް ކްރެޑިޓް ދެވޭ ހާލަތުގައި އެ މައުލޫމާތުވެސް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިއްސާކުރެވޭނެކަމަށް ފާހަގަކޮށް އެމްޑަބްލިއު އެސްސީން ވަނީ ކަރަންޓު ބިލާއި ފެންބިލަށް ލިބިގެން ދިޔަ މި ލުއި ތަކާއި އެއްކޮށް ބިލްތައް ލަސްނުކޮށް ދެއްކުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ.
އެމްޑަބްލިިއުއެސްސީންވެސް މި ބަދަލުތައް ގެނެސްފައި މިވަނީ ކަރަންޓް ބިލްތައް ބޮޑުވެ އާއްމުން ޝަކުވާތައް އިތުރުވުމުން ރޯދަމަހުގެ ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދޭން ސްޓެލްކޯއިން ވެސް ނިންމުމާއި ގުޅިގެންނެވެ.