ads
ފެނަކައިގެ އެމްޑީ މުއާޒު: ވިދާޅުވީ ރޯދަ މަހު އެ ކުންފުނިން ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ދިން ކަމަށް - ފޮޓޯ:ރައީސް އޮފީސް
ފެނަކައިން ވެސް އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމައިފި
ފެނަކައިން ވެސް އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމައިފި އެވެ.
Advertisement

ފެނަކައިން އެ ކުންފުނީގެ ރަސްމީ އެކްސް އެކުންޓް މެދުވެރިކޮށް މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައަޅާފައިވާ ކަން ފާހަގކޮށްފައެވެ.

ފެނަކައިން ބުނީ ރޯދަ މަހުގެ ބައެއް ދުވަސްތައް ހިމަނާގެން ތައްޔާރުކޮށްފައިވާ އޭޕްރީލްމަހުގެ ބިލުންވެސް ޑިސްކައުން ދިނުމަށް ނިންމާ މިއަދު ވަނީ  އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިކަމަށެވެ.

"އުސޫލުގެ ދަށުން ރޯދަ މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައި" ފެނަކައިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށްވެސް ފެނަކައިން ވަނީ އެ ޕޯސްޓްގައި ހާމަކޮށްފައެވެ. 

ފެނަކައިން ވަނީ އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ސަރުކާރުގެ ވިސްނުންފުޅާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމުގައި ފާހަގަކޮށްފަ އެވެ.

ފެނަކައިގެ އިތުރުން ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީންވެސް ވަނީ ރޯދަ މަހުގެ ދުވަސްތައް ހިމެނޭގޮތަށް އޭޕްރީލްމަހުގެ ބިލުން ޑިސްކައުންޓްދޭން ފަށާފަ އެވެ. ކުންފުނިތަކުން ލުއި ފަސޭހަ ގޮތްތައް ހަދައިދީފައި މިވަނީ ކަރަންޓް ބިލްތަކާއި ފެން ބިލް ބޮޑުވެ އާއްމުން ޝަކުވާތައް އިތުރުވެ ދިއުމުގެ ސަބަބުންނެވެ.

ރޯދަ މަސް ނިންމާ ބިލްތައް އައިއިރު ބިލްތައް އިންތިހާއަށް ބޮޑުކަމެއް ބުނެ އާއްމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ. އެއާއި އެކު މިމަހުގެ 28ގައި ރައީސް އޮފީހުގައި ބޭއްޗި ޕްރެސްއެއްގައި ސްޓެލްކޯއާ ފެނަކައިގެ އެމްޑީ ވިދާޅުވީ ކަރަންޓް ބިލު ބޮޑުވެފައިވަނީ ކުންފުނީގެ މައްސަލައަކުން ނޫންކަމަށާއި އެއީ ކަރަންޓް ރައްޔިތުން ބޭނުންކުރި ވަރުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް