ads
ދަރުމަވަންތަ ސްކޫލްގައި ޓާފް އެޅުމަށް އަމިިއްލަ ކުންފުންޏެއްކަމަށްވާ ޒެބޮކް އާއެކު އެއްބަސްވުމުގައި ސޮއިކުރަނީ
ދަރުމަވަންތައް ސްކޫލްގައި ޓާފް އަޅަން ހަވާލުކޮށްފި
ދަރުމަވަންތަ ސްކޫލުގެ ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މި މސައްކަތް ހަވާލުކޮށްފައިވަނީ އަމިިއްލަ ކުންފުންޏެއްކަމަށްވާ ޒެބޮކް އާއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 22 ދުވަހުގެ ނިންމާ ގޮތަށްކަމަށެވެ. މި މަސައްކަތުގެ އަގަކީ 1,106,644.66ރ އެވެ. 

ވިލާ ކޮލެޖުގެ އިރުން  އޮންނަ ހުސްބިމުގައި އިމާރާތްކުރި ދަރުމަވަންތަ ސްކޫލްގައި ކިޔާވާދޭން ފެށީ މި ނުމުނު ދިރާސީ އަހަރުއެވެ، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އެޅި ދަރުމަވަންތަ ސްކޫލަކީ ދައުލަތުން 74.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅަފައިވާ ސްކޫލެކެވެ. 

your imageކ.އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް ލެބް އިމާރާތް އެޅުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ޓިކް ޓެކް އިންވެސްޓްމެންޓާއެކު އެއްބަސްވުމުގައި ސޮއިކުރަނީ 

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ކ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް ލެބް އިމާރާތް އެޅުމުގެ މަސައްކަތްވެސް ބަޔަކާއި ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޓިކް ޓެކް އިންވެސްޓްމެންޓާއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ 100 ދުވަހުގެ ތެރޭ ނިންމާގޮތަށްކަމަށެވެ. މަސައްކަތުގެ އަގަކީ 2,401,295.33 ރުފިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް