ads
މޯލްޑިވިއަންގެ އާ އޭޓީއާރް ބޯޓު އަންނަ ބުރާސްފަތި ދުވަހު ރާއްޖެއަށް ގެންނަނީ -- ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ އާ އޭޓީއާރު މަރުކާގެ ބޯޓު އަންނަ ބުރާސްފަތި ދުވަހު ރާއްޖެއަށް
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ގަނެފައިވާ އޭޓީއާރް މަރުކާގެ 4 ވަނަ ފްލައިޓް ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ރާއްޖެ އަންނާނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

ފްރާންސްގެ ޓޫލޫޒް އިން ފުރައިގެން އަންނަ އެ ބޯޓު ތިން ދުވަހުގެ ތެރޭގައި ރާއްޖެއަށް އަންނަ އިރު އެ ބޯޓުން 42 މީހުން އުފުލޭނެ އެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އެއީ "ބްރޭންޑް ނިއު" ބޯޓެއް ކަމަށެވެ.

އެ އެއާލައިންގެ ފްލީޓު ބާވެ، ބޯޓުތައް އާ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. މޯލްޑިވިއަން އިން ދާދި ފަހުން ވަނީ އޭޓީއާރް-42-600ގެ އިތުރު ދެ ފްލައިޓް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ދެ ފްލައިޓް މި އަހަރު ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށް ބެލެވެއެވެ.

އެ އެއާލައިނުން ވަނީ ބޮއިން 787-8 މަރުކާގެ އެއާކްރާފްޓެއް ހަ އަހަރަށް ކުއްޔަށް ނަގަން ބޭނުންވާ ކަމަށް އިއުލާނުކޮށްފަ އެވެ. މިއީ 250 ސީޓުގެ މަތިންދާބޯޓެކެވެ. އެ ސައިޒުގެ ވައިޑް ބޮޑީ އެއާކްރާފްޓް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އަލަށް ގެންނަ އެއާކްރާފްޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 15 ބޯޓު އިތުރުވާނެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ ބޯޓުތައް ވެސް ހިމެނެ އެވެ.

މޯލްޑިވިއަންއިން އޭޓިއާރް މަރުކާގެ ބޯޓުތައް ބޭނުން ކުރަމުން ދަނީ އެތެރޭގެ އުދުހުންތަކަށެވެ. ބޭރުގެ ދަތުރުތަކަށް ބޭނުން ކުރަމުން ދަނީ އޭ320ގެ ބޯޓެކެވެ.

ފްލީޓް ޓްރާންސިޝަންގެ ދަށުން މޯލްޑިވިއަން އިން ޑޭޝް8އެސްގެ މުޅި ފްލީޓްގެ ބަދަލުގައި އާ އޭޓީއާރު މާރުކާގެ ބޯޓުތައް ގެންނަމުންދާއިރު، މޯލްޑިވިއަންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ އަށް އޭޓީއާރް ބޯޓު ގެނައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް