ads
ޢިއްޒުންދީން ސްކޫލް ދަރިވަރުންތަކެއް
ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމަށް ހުށައެޅުމުގެ ފަހު ވަގުތު 7 މޭ
މިމަހުގެ ފެށޭ ދިރާސީ އަހަރަށް މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރަން ހުށައެޅުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެކަމަށް ތައުމީމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން  ވަނީ މާލޭ ސްކޫލްތަކަށް ކުދިން ވެއްދުމަށް 3 ގޮތެއް ކަނޑައަޅާފައެވެ. އެ 3 ގޮތަކީ ގްރޭޑް އެކަކަށް ވަނުމަށް އެދޭ ދަރިވަރުންނާއި، ގްރޭޑް 1 ފިޔަވާ އެހެނިހެން ގްޜޭޑްތަކަށް ވަނުމަަށް އެދޭ ދަރިވަރުންނާއި، އަތޮޅު ތެރޭ ސްކޫލަކުން މާލޭ ސަރަހައްދަށް ބަދުލުވުމަށް އެދި ހުށައަޅަ ދަރިވަރުންނެވެ. މީގެެއިތުރުން މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން ބޭނުންވާ ކުދިންނަށްވެސް އެ ފުރުސަތު ތައުލީމީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. 

މިހާތަނަށް މާލޭ ސްކޫލްތަކަށް ވަނުމަށް އެދިފައިވާ ދަރިވަރުންގެ އަދަދު 

  • ގްރޭޑް 1 ވަނުމަށް - 2290 ދަރިވަރުން 
  • ގްރޭޑް 1 ފިޔަވާ ދެން ހުރި ގްރޭޑްތަކަށް ވަނުމަށް - 1450 ދަރިވަރުން 
  • އަތޮޅުތަކުގެ ސްކޫލްތަކުން މާލޭ ސްކޫލަކަށް ބަދަލުވުމަށް - 790 ދަރިވަރުން 
  • މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް - 660 ދަރިވަރުން 

ތައުލީމީ ވުޒާރާއިން ބުނީ މާލޭ ސްކޫލްތަކަށް ވަނުމަށް އެދި ފޯމު ހުށައެޅުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ 14:00 އަށް ހަމަވާނެކަށެވެ. އަދި އެދުވަހުގެ ނިޔަލަށް ހުށައަޅާ ހުރިހާ ހުށައެޅުމަކަށް 13 މޭގެ ކުރިން ޖަވާބު ދޭނެކަމަށްވެސް އެ ވުޒާރާއިން ބުނެެއެވެ. 

މިއަހަރު ސްކޫލަށް ދަރިވަރުން ވައްދާ އުމުރު ފުރާ 

  • ބޭބީ ނާސަރީ - 2023ގެ ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން
  • ނާސަރީ - 2023ގެ ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން
  • އެލްކޭޖީ - 2023ގެ ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން
  • ޔޫކޭޖީ - 2023ގެ ޑިސެމްބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން
  • ގްރޭޑް 1 - 2023ގެ ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

ތައުލީމީ ވުޒާރާއިން ބުނީ އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރުގެ ތެރޭގައި އެއްވެސް ގްޜޭޑަކުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެކަމަށެވެ. އަދި މިނިސްޓްރީން އަމަލުކުރަމުންދާ އުސޫލުން އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރި ގްރޭޑްގައި ރިޕީޓް ނުކުރާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް