ads
އަދިތިޔާ ރޯއި ކަޕޫރާއި އަނަންނިޔާ ޕާންޑޭ
އަނަންނިޔާ އާއި އަދިތިޔާ ރުޅިވެއްޖެ
ހިްދީ ސްކްރީންތަކުގައި މިހާރު އަރަމުން އަންނަ ދެ ތަރިންކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި އަނަންނިޔާ ޕާންޑޭ ދެ ލޯބިވެރިން ރުޅިއްވެއްޖެއެވެ.

މި ދެމީހުން ރުޅިވެފައި މިވަނީ ރައްޓެހިވެގެން އުޅޭތާ ގާތްގަޑަކަށް ދެ އަހަރު ފަހުންނެވެ. 

މި ދެތަރިން ރުޅިވިކަމުގެ އަޑުތައް މި އެރީ މި ދެ މީހުން ކައިވެނިކުރަން އުޅޭކަމުގެ ހަބަރުތައްވެސް ފެތިރިފައިވަނިކޮށެވެ. އަދި އެންގޭޖްވުން ވަރަށް އަވަހަށްް އޮންނާނެކަމަށް ބުނެ ވާހަކަވެސް ދެކެވެމުން ދަނިކޮށެވެ. މީގެއިތުރުން އަނަންނިޔާގެ އާއިލާއާއި އެކު ދާދި ފަހުން އަދިތިޔާ ޗުއްޓީ ހޭދަކޮށް އޭގެ ފޮޓޯތައްވެސް އާއްމުވެފައި ވަނިކޮށެވެ.

އަދިތިޔާ ބޮލީވުޑްގައި މަޝަހޫރުވެގެން އައީ " އާޝިގީ 2" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ އެފިލުމުގައި ބަތަލާއެއްގެ ރޯލު ކުޅުނު ޝަރްދާ ކަޕޫރާއި ރައްޓެހިވެގެން އުޅެފައެވެ. 

އަނަންނިޔާއަކީ 90ގެ ތެރެގައި މަޝްހޫރުވި އެކްޓަރ ޗަންކޯ ޕަންޑޭގެ ދަރިފުޅެވެ. އޭނާ އަދިތިޔާ އާ ރައްޓެހިވުމުގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން އާއެވެ. އެ ދެމީހުން ރައްޓެހިވީ 2021 ވަނަ އަހަރު ނުކުތް "ކާލީ ޕީލީ" ގެ ސެޓްގެ ތެރެއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް