ads
ފުލުހުންގެ ނަމުގައި ގުޅަމުންދާ ބައެއް ނަމްބަރުތައް
މިފަހަރު ސްކޭމް ކޯލްތައް ގުޅަނީ ފުލުހުންގެ ނަމުގައި، ސަމާލުވޭ
ފުލުހުންގެ ނަމުގައި ސްކޭމް ކޯލްތައް އަންނަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

އެ ިއދާރާއިން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ލޯގޯ ބޭނުންކޮށްފައިވާ ރާއްޖެއިން ބޭރުގެ އެކި ނަމްބަރުތަކުން ގުޅަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އަދީ މިކޯލްތައް ގުޅަމުން އަންނަނީ ވަޓްސްއެޕް މެދުވެރިކޮށްކަމަށްވެސް ފުލުހުން ބުނެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަމްބަރަކުން އެ އިދާރާއިން އެއްވެސް މީހަކަށް ނުގުޅާނެކަމަށެވެ. އެހެންކަމުން މިފަދަ ކޯލްތަކަށް ސަމާލުވުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ. 

އެކި އޮފީސްތަކާއި އިދާރާތަކުގެ ނަމުގައި ސްކޭމް ކޯލްތައް އިތުރުވެ މި ކޯލްތަކުގައި ޖެހި އެތައް ބަޔެއްގެ ގިނަ އަދަދެއްގައި ފައިސާ އާއި މުދާ ވަނީ ގެއްލިފައެވެ. 

ސްކޭމް ކޯލްތައް ހުއްޓުވުމަށް އެހީތެރިވެދޭ އެއްބަސްވުމެއްގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އާއެކު މިދިޔަ މަހުގެ 25ގައި ވަނީ ސޮއިކޮށްފައެވެ. 

ޑީއެންއާރުން ބުނީ މި އެއްބަސްވުމާ އެކު މިހާރު އާންމުވަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމުގަ އެވެ. އެއީ ކޮންމެ މީހަކު ވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ހިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މައުލޫމާތު އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީ ކަމަށް ޑީއެންއާރުން ބުނެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް