އިންޓަމިޔާމީން ނިއުޔޯކް ރެޑްބުލްސް އަތުން މޮޅުވީ ހަ ލަނޑު ލަނޑުންނެވެ. މި މެޗުގައި 12 މިނިޓް ތެރޭގައި ސުއަރޭޒް ހެޓްރިކެއް ހެދިއިރު، މެޗުގެ ހުރިހާ ލަނޑެއްގައި ކަހަލަ ގޮތަކަށް މެސީގެ ބައިވެރިވުން އޮތެވެ. މި މެޗުގައި މެސީ ލަނޑެއް ޖެހިއިރު ފަސް ލަނޑު ޖެހުމަށް އޭނާ އެސިސްޓް ކޮށްދިނެވެ. މި މެޗުގައި މެސީ ޖެހި ލަނޑާއެކު،އުމުރުން 36 އަހަރުގެ އާޖެންޓީނާ ފޯވާޑް މިހާރު ވަނީ މި ސީޒަނުގައި ލީގުގައި ކުޅުނު އަށް މެޗުން 10 ގޯލާއި 12 އެސިސްޓް ހަދާފައެވެ.
އަނެއްކޮޅުން އުމުރުން 37 އަހަރުގެ އުރުގުއޭގެ ފޯވާޑް ބްރެޒިލްގެ ގްރެމިއޯ ދޫކޮށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ މެސީއާ އެކު މިއާމީއާ ގުޅުނު ފަހުން ސުއަރޭޒް ވަނީ ލީގުގައި ކުޅުނު 11 މެޗުން 10 ގޯލް ޖަހައިފަ އެވެ.