ads
އައްޑޫ ސިޓީގައި ފެނުގެ މައްސަލަ ޖެހެނީ އާބާދީ ބޮޑުވުމުން: ފެނަކަ
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެނުގެ މައްސަލަ ޖެހެނީ އެ ސިޓީގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ މިހާރު ހުރި ޕްލާންޓުން އުފައްދާ ފެނަށް ވުރެ ބޭނުންކުރާ މިންވަރު އިތުރުވުމުންކަމަށް ފެނަކައިން ބުނެފިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ލިބުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަސްވެފައިވާކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން މޭޔަރު އަލީ ނޒާރު ވަނީ މިދިޔަ ހޮނިހިރު ދުވަހު ފާޅުކުރައްވާފައެވެ. 

ފެނުގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްވުމުން ރައްޔިތުންގެ ޝަކުވާ ވަނީ އިތުވެފައިކަމަށެވެ. އަދި މިކަން ހައްލު ނުވެ އޮތުމަކީ ފެނަކައިގެ ނުކުޅެދުންތެރިކަންކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ.  

މިކަމާއި ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓިގެ އަބާދީ ބޮޑުވުމާއި އެކު އެ ކުންފުނިން ފެން އުފައްދާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންކަމަށެވެ. އެހެންކަމުން މިހާރު ބަހައްޓާފައިވާ ޕްލާންޓުން އުފެއްދޭ ފެނަށްވުރެ ބ\ޭނުންކުރާ ފެނުގެ ނިސްބަތް އިތުރުވެފައިވާކަމަށް ފެނަކައިން ބުނެއެވެ. އެ ކުންފުނިން ބުނީ އައްޑޫ ސިޓީގެ ފެނުގެ ހާލަތު ދަށަށް ދިޔައީ މިދިޔަ ސަރުކާރުގެ އިހްމާލުންކަމަށެވެ. 

" ނިމިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން، އައްޑޫ ސިޓީގެ ފެނުގެ ހާލަތު ވަނީ ދަށަށް ގޮސްފައި." ފެނަކައިން ނެރުނު ބަޔާނުގައިވެއެވެ.

ފެނަކައިން ބުނީ އައްޑޫ ސިޓީގެ ފެނުގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވާކަމަށެވެ. އަދި މި މަސައްކަތް ނިމިގެންދާއިރު އައްޑޫ ސިޓީއަށް ދިމާވެފައިވާ ފަނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ. އަދި މިހާރުވެސް ހިދުމަތް މެދުނުކެނޑި ކުރިޔަށްް ގެންދިޔުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށްވެސް ފެނަކައިން ބުނެއެވެ. 

" މި ހައްސާސް ދަނޑިވަޅުގައި ނަމޫނާ ރައްޔިތެއް އުޅޭ އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ނިހާޔަތަށްް ޝުކުރުވެރިވާކަމުގައި ދަންނަވަން. އަދުގެ މެނޭޖްމަންޓުން އެންމެ ބޮޑު އިސްކަމެއް ދެެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދެެހެހެއްޓެނެވި ގޮތެއްގައި އިތުބާރާއި ޔަގީންކަމާއި އެކު ފޯރުކޮށްދެވޭތޯ ޔަގީންކުރުން." ފެނަކައިގެ ބަޔާނުގައިވެއެވެ.

ފެނަކައިން ބުނީ  މަސައްކަތް ކުރަނީ އެ ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ކުންފުންނާއި މެދު ރައްޔިތުންނަށް ގެއްލިފައިވާ އިތުބާރު އިއާދަކޮށްދިނުމަށްް ކަމަށެވެ. 

އައްޑޫ ސިޓީގެ ފެނާއި ކަރަންޓާއި ދޭތެރެ ދޭތެރެއިން އަންނަނީ މައްސަލަ ޖެހުމުންނެވެ. އަޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ސަރުކާރުން ވަނީ ދާދި ފަހުން 282 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައެވެ. އަދި ފެނަކައިން ހިންގަމުން އައި ފެނޭ ނަރުދަމާގެ 16 މަޝްރޫއެއްވެސް އެމްޑަބްލިޔުއެސްސީ އާ ހަވާކުރުމަށް ވަނީ ނިންމާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް