ads
ޖާބިރު
ޖާބިރުގެ އިސްތިއުފާ ސިޓީ އަދި ލިބިފައެއް ނުވޭ: މަޖިލިސް އިދާރާ
ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޖާބިރުގެ އިސްތިއުފާ ސިޓީ ލިބިވަޑައިގެންފައެއް އަދި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ހާމަކޮށްފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލިސްގެ މީޑިއާ އެންްޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިއާއު ވިދާޅުވީ އަދި މިހާތަނަށް ޖާބިރުގެ އިސްތިއުފާ ސިޓީ ލިބަފަ ނުވާކަަމަށެވެ. 

ޖާބިރު އިސްތިއުފާ ދެއްވާފައިކަމަށް ބުނެ ރާއްޖޭގެ އެކި މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. ޖާބިރުގެ "އިސްތިއުފާ" ގެ ސިޓީގައި އޭނާ މަޖިލީހަށް ނުކުންނަން އެމްޑީޕީގެ ޕްރައިމެރީ ވާދަކޮށް ޓިކެޓް ލިބުމުން ޕާޓީން ބޭރުކޮށް ޕްރައިމެރީގައި ވާދަނުކުރާ މީހަކަށް ޓިކެޓް ވެދުމަށް އެރުވުމަކީވެސް ޑިމޮކްރަސީގެ ރީތި އުސޫލްތަކާއި ހިލާފުކަމެއްކަމަށް ޖާބިރު ފާހަގަކޮށްފައިވާކަމަށް މީޑިއާތަކުން ގެނެސްދިން ހަބަރުގައި ބުނެފައި ވެއެވެ.

ވިހިވަނަ މަޖިލީސް އިންތިހާބު ގައި ވެސް ޖާބިރު ވާދަ ކުރެއްވި އެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ އެމްޑީޕީގެ ޓިކެޓް ގައި މަޖިލީހަށް ވާދަ ކުރެއްވުމަށެވެ. ނަމަވެސް ދީނަށް ފުރައްސާރަ ވާ ގޮތަށް ތަކުރާރު ކޮށް އޭނާ ވާހަކަ ދައްކަވަމުން ގެންދަވާތީ އެމްޑީޕީން ނިންމީ ޖާބިރުގެ އަތުން ޓިކެޓް އަތުލާށެވެ.

އެހެންވެ ދެން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ލިބިވަޑައިގަތީ ވަރަށް ދަށް ނަތީޖާ އެކެވެ.  

ޖާބިރު މަޖިލީހުން އިސްތިއުފާ ދެއްވި ކަމަށް މީގެ ދެ ދުވަސް ކުރިން އަޑު ފެތުރިފައިވާތީ މިއަދު މިކަމާއި ގުޅިގެން ބަހެއް ހޯދާލުމަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލުވަނީ ލިބޭގޮތް ނުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް