ads
ރައީސް މުއިއްޒު: ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެމީހަކު ފަލީހަތްކޮށް ހެދުމަކީ އެއްގޮތަަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް - ފޮޓޯ:ޕީޕީއެމް
މީހަކަށް ކުރެވޭ ކުށެއްގެ ފައިދާ ނަގައި ފަލީހަތް ކޮށްގެން ނުވާނެ: ރައީސް
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެމީހަކު ފަލީހަތްކޮށް ހެދުމަކީ އެއްގޮތަަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަލީހަތްކޮށް ހެދުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީ ރައީސް، އިމްރާން އަބްދުﷲ ގެ ކާރުގައި އަމިއްލަ މީހެއްގެ ޕިކަޕަކުން ޖެހުނު މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު ހުސައިން އިމްރާން ލަތީފް ވެދެވަޑައިގެން ޕިކަޕުގެ ޑްރައިވަރަށް މައާފުކޮށްދޭން މިނިސްޓަރު އިމްރާންގެ ކިބައިން އެދިވަޑައިގަންނަވާ ވީޑިއޯއެއް ދައުރުވެފައި ވަނިކޮށެވެ.

ކުށެއް ކޮށްފި މިީހަކާ މެދު ކަންކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވެފައި ވަނީ އެކަމަށް ފިޔަވަޅުއަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމް ގާއިމުވެފައިވާ ކަމަށެވެ.

"ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް، ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ!،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އަހަރެމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް