ads
ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތެއް
ސްޓެލްކޯއިން ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާހައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއެކު، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތް ބާއްވަނީ އަންނަ ހުކުރު ދުވަހުގެ ހެނދުނު 8:00 އިން 10:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް މާލޭގައި ހުންނަ ސްޓެލްކޯ އިމާރާތުގައެވެ. އަދި މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހަކީ މޭ 10 އެކެވެ. ކޮންމެ އަހަރަކުވެސް ސްކޫލްތަކުގައި ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ދަނީ ފާހަގަކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް