ads
އެމްއޭސީއެލް ގެ ފަރާތުން ބޭއްވި އެއާޕޯޓް އެމާޖެންސީ އެންޑް ރެސިލިއެންސް ފޯރަމް
އެމްއޭސީއެލްއިން އެއާޕޯޓް އެމާޖެންސީ އެންޑް ރެސިލިއެންސް ފޯރަމް ފަށައިފި
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް) އިން "އެއާޕޯޓް އެމާޖެންސީ އެންޑް ރެސިލިއެންސް" ގެ ނަމުގައި ފޯރަމެއް ފަށައިފި އެވެ.

އެމްއޭސީއެލް އިން ކްރޮސްރޯޑްގައި ކުރިއަށް ގެންދާ މި ފޯރަމް ފައްޓަވާދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް މުއާޒް ހަލީމު އެވެ. މި ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްތަރުންނާއި ކުންފުނީގެ އިސްވެރިންވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން އެއާޕޯޓުގެ އެމާޖެންސީ ހާލަތުގައި ޝާމިލުވ ހުރިހާ ސްޓޮކްހޯލްޑަރުން ވަނީ ބައިވެރިވެފަ އެވެ.

މި ފޯރަމް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް މުއާޒް ހަލީމް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ގައުމުގެ އެންމެ މުހިއްމު އިމާރާތްތައް ގާއިމުކުރެވިފައިވާ ތަން ކަމުގައިވާއިރު، އެއާޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައި ހުރުން މުހިއްމު ކަން ފާހަގކުރައްވާފަ އެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އެމާޖެންސީ ރެސްޕޮންސް ކަށަވަރުކުރުމާއި، ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މެދުގައި ކޯޑިނޭޝަން ގާއިމްކުރުން ވަރަށް މުހިއްމުކަމަށް މުއާޒް ވަނީ ފާހަގަކުރައްވާފަ އެވެ.

your imageއެމްއޭސީއެލް ގެ ފަރާތުން ބޭއްވި އެއާޕޯޓް އެމާޖެންސީ އެންޑް ރެސިލިއެންސް ފޯރަމްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއިިއޯ އިބްރާހީމް ޝަރީފު މުހައްމަދު ވާހަކަ ދައްކަވަނީ

މީގެ އިތުރުން ފޯރަަމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއިިއޯ އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓުގެ ޕަސިންޖާ ޓްރެފިކް އިތުރުވެ މުޅި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއާޕޯޓުގެ ތަރައްގީގެ މަޝްރުއުތައް ކުރިއަށްދާއިރު، މި މަޝްރޫއުގެ ހުރިހާ މަރުހަލާތަކެއްގައިވެސް ސަލާމަތީ ކަނަކަން ހަރުދަނަާ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ކްރޮސްރޯޑްގައި 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ދިމާވާނެ ކުއްލި ހާލަތަކަށް އިޖާބަދިނުމުގައި މިހާރަށްވުރެއް ބޮޑަށް ތައްޔާރުވެ އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތް ކުރުން ހަރުދަނާ ކުރުންކަމަށް އެމްއޭސީއެލް ބުނެ އެވެ. އަދި މި ފޯރަމްގައި ސެކިއުރިޓީ އާއި އެމާޖެންސީ ހާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާ ބެހޭގޮތުން އެ މުއައްސަސާތަކުން ހުށަހަޅާދޭނެ ކަމަށް ފާހަގަކޮށް އެމްއޭސީއެލް އިން ވަނީ ސެކިއުރިޓީ އެމާޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއްވެސް ކުރިއަށްގެންދާނެ ކަމަށް މައުލޫމާތިދީފަ އެވެ. އަދި އެ އެކްސަސައިޒްއަކީ ހުރިހާ މުއައްސަސާތައް ގުޅިގެން އަސްލު އެމާޖެންސީ ހާލަތެއްގައި އަމަލު ކުރާ ގޮތް ކުރިއަށްދާ އެކްސަސައިޒެއްކަމަށްވެސް އެމްއޭސީއެލްއިން ބުނެ އެވެ.  

އެއާޕޯޓް އެމާޖެންސީ އެންޑް ރެސިލިއެންސް ފޯރަމް 2024 އަކީ ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެމްއޭސީއެލްއިން ބޭއްވި މިފަދަ ފުރަތަަމަ ފޯރަމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް