މަޖިލީހުން މިއަދު ރުހުން ދީފައިވަނީ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ޝިއުނީ ރަޝީދާއި މުހައްމަތު ތާހާ އެވެ.
ޗައިނާގައި ހުންނަވާ ރާޢްޖޭގެ ސަފީރުކަމަށް އައްޔަންކުރަން ފަޒީލް ނަޖީބު އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
ބަންގަލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރެއްވުމަށް ޝިއުނީން ރަޝީދަށް މަޖިލީހުން ރުހުން ދިނީވެސް ވޯޓުގައި ބައިވެރިވެޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރުގެ މަގާމަށް މުހައްމަތު ތާހާ އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.
މީގެކުރިން މަޖިލީހުން ވަނީ 8 ގައުމަކަށް އައްޔަންކުރާ ސަފީރުންނަށް ރުހުން ދީފައެވެ.
ސަފީރުކަމަށް މަޖިލީހުން މީގެ ކުރިން ރުހުންދިން ބޭފުޅުންނާއި ގައުމުތައް