ads
ކުޅިވަރު ވަޒީރު
ސަރުކާރުގެ ޕްލޭނަކީ މުޅި ރާއްޖެ ފުޓްބޯޅައިގަ ތަމްސީލުވުން
ފުޓްބޯޅައިގައި މުޅި ދިވެހި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށްޓަވާފައިވާ ކަމަށް ކުޅިވަރު މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ފުޓްބޯޅައިގައި މުޅި ދިވެހި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށައި ބާރު ސްޕީޑްގައި އެ ކަން ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ ފުޓްބޯޅަ އާއި ރާއްޖޭގެ އެހެން ކުޅިވަރުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަރުވާނެ ދުރު ރާސްތާ ޕޭލޭނެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވާލެވިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ޕްލޭންގެ ދަށުން ތަފްސީލީ މަސައްކަތުގެ ތެރެއިން ދަނޑުތައް ވަކި ފެންވަރަކަށް ގެނައުމުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.

"ދަނޑުތައް ކޮން ފެންވަރަކަށް ހަދައިގެން ތޯ، ކުޅިވަރުގެ ހަބުތައް ކޮންތަންތާކުތޯ އަޅުގަނޑުމެން ބަހައްޓާނީ؟ އިންޓަނޭޝަނަލް މުބާރާތްތައް ކުޅެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟ ކޮން ދިމާއެއްގަ ތޯ އެކަން ހަދާނީ އަދި އިތުރަށް ފުޓްބޯޅަ ކުރިއަރުވަން އެ ޓްރޭނިންތައް [ޑިވެލޮޕްމެންޓް ޕްލޭންތައް] ގެންދާނެ ގޮތުގެ ޕްލޭނެއް މުޅި ރާއްޖެ ހިމެނޭގޮތަށް އަޅުގަނޑުމެން ގެންދާނީ ކިހިނެއްތޯ؟،"

 

ފުޓްބޯޅައިގައި މުޅި ދިވެހި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށްޓަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، އެފްއޭއެމް ބޮއްސުންލައި، އެތަނުގެ ކޮރަޕްޝަންގެ މައްސަލަތައްވަނީ ކޯޓާ ހިސާބަށް ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް