ads
ބީއެމްއެލުން ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް ތައާރަފުކޮށްފި އެވެ.

ބީއެމްއެލުން ބުނީ މި އާއެކު ހޯމް ބިލްޑް ލޯނާއި ފައިނޭންސިން މެދުވެރިކޮށް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ އަދި ހޯމް އިކުއިޓީ ލޯނާއި ފައިނޭންސިންގެ ގޮތުގައި 50،000 ރުފިޔާއިން ފެށިގެން މަތީގެ އަދަދު ދޫކުރާނެ ކަމަށެވެ.

މިއަދު ތައާރަފުކުރި އާ ލޯނުތަކާ ގުޅޭގޮތުން ބީއެމްއެލުން ބުނީ ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި އެ ބޭންކުން ތައާރަފު ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނު ކަމަށެވެ.

އަލަށް ތައާރަފުކުރި ހޯމް ބިލްޑް ލޯނު ފަރުމާކޮށްފައި ވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ އާ ހަމައަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭ ގޮތަށެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތު ކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެކެވެ.

މީގެ އިތުރުން ބީއެމްއެލުން ވަނީ ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ހޯމް އިކުއިޓީ ލޯނު ތައާރަފުކޮށްފަ އެވެ. އަލަށް ތައާރަފުކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށް ލޯނު ދޫކުރެވޭނެ އެވެ. މިގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. 

"މިއީ މުޅި ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިނޭންސިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ތައާރަފުކުރި ޕްރޮޑަކްޓްތަކެއް. އަލަށް ތައާރަފުކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް 10 އިންސައްތަ ރޭޓުގައި ލޯނު ލިބޭނެ،" ބީއެމްއެލްގެ ޑައިރެކްޓަ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސިން ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް