ads
ވިހިވަނަ މަޖިލީހަށް ހޮވުނު ތިން އަންހެން ކެންޑިޑޭޓުން
އަންހެން އެމްޕީންނަށް ދޭން ވައުދުވި އެލަވަންސް އާ މަޖިލީހާއެކު ފެށޭނެ: ހީނާ
މަޖިލީހަށް ހޮވޭ އަންހެން އެމްޕީންނަށް ރައީސް ދޭން ވިދާޅުވި އެލަވަންސް މަސައްކަތް އާ މަޖިލީހާއި އެކު ފެށިގެންދާނެކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އަންހެން މަޖިލިސް މެމްބަރުންނަށް ވެސް އެލަވަންސް ލިބި އެކަން ހަމަޖެހިގެންދާނީ އާ މަޖިލީހުގެ މަސައްކަތް ފެށުމާއިއެކު ކަމަށެވެ.

"އަޅުގަނޑަށް ހީވާނީ އެކަމަކީވެސް ހަގީގަތުގައި އަންނަ މަޖިލިސް ރޭވި ކަންތައްތައް ވެގެން ދާއިރުގައި ނުވަތަ އެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވޭނެކަމެއްހެން، އެހެންވީމާ އެކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކާއެކީގައި އެ މައުލޫމާތު އަޅުގަނޑުމެން ނޫސްވެރިންނަށް ހާމަކުރާނަން" ސީއެންއެމް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިިންތެރެއިން މަޖިލީހަށް އިންތިހާބުވާ އަންހެން ބޭކަނބަލުންނަށް ހާއްސަ އެލަވަންސްއެއް ދެއްވާނެމަށް ވައުދުވެވަޑައިގަނެފަ އެވެ. އަދި އިސް މަގާމުތަކާއި، ސިޔާސީ މަސައްކަތަށް އަންހެނުން ނެރެ ބާރުވެރިކުރުވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. 

"މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" 29 އޮކްޓޯބަރު 2023 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ލިޔުއްވާފައިވެ އެވެ.

ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑަވުމަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނަމަވެސް ހައްގުތައް ހޯދުމަށް ވަކާލާތު ކުރަން އޮތް މަޖިލީހުގައި ވެސް ދައުރަކަށްވުރެ ދައުރެއް އަންނަނީ އަންހެނުންގެ ނިސްބަތް މަދުވަމުންނެވެ. 17 ވަނަ މަޖިލީހުގައި ފަސް އަންހެން މެންބަރުން ތިއްބެވި އެވެ. ނަމަވެސް ޖެހިގެން އައި 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ވެސް ތިއްބެވީ އެންމެ ހަތަރު މެންބަރުންނެވެ. 20 ވަނަ މަޖިލީހުގައި އެންމެ 3 އަންހެން މެންބަރުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުން ޖާގަ ހޯއްދެވި ތިން އަންހެން ކެންޑިޑޭޓުންނަކީ ފ. ނިލަންދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި، ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަސްމާ ރަޝީދުގެ އިތުރުން ކ. ހުރާ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވި އަނާރާ ނައީމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް