ads
ޓުޗެލް
ޔުނައިޓެޑުގެ ކޯޗު ކަމަށް ޓުޗެލް
ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުން ވަކިކުރަން ނިންމާފައިވާ ތޯމަސް ޓުޗެލް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ކަމަށް އަތުވެދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުން ޓުޗެލް ވަކިކުރަން ނިންމި ހަބަރު އާއްމުވެފައިވާއިރު، އޭނާ މަގާމުން ވަކިކުރާނީ މި ސީޒަން ނިމުމުންނެވެ. އަނެއްކޮޅުން، ނަތީޖާ ދަށްވުމުގެ ސަބަބުން ޔުނައިޓެޑުގެ ކޯޗު ކަމުގެ މަގާމުން ޓެން ހޭގް ވަކިކޮށްފާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ރިޕޯޓަކަށް ރަސްމީކޮށް އަދި އެއްވެސް ކްލަބަކުން ހަވާލެއް ނުވެއެވެ.

ޓުޗެލް ވަކިކުރަން ނިންމިއިރު، ބެޔާން މިއުނިކްގެ ނަތީޖާތައް ދަށްވެ، ޖަރުމަނު ލީގުވަނީ ގެއްލިފައެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެއްކޮޅުން ބަޔާން އެބައޮތެވެ.

ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން މަގާމުން ވަކިކުރުމަށް ފަހު، ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އައްޔަން ކުރީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. ޖަރުމަނުގެ ޑޯޓްމަންޑަށްވެސް ކުރިން ކޯޗުކޮށްދިން  ޓުޗެލް ވަނީ ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ޕީއެސްޖީ އަށް ވެސް ކުރިން އޭނާ ކޯޗުކޮށްދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް