ads
ރެފްރީ ބޮލުގައި ކެމެރާއެއް ހަރުކޮށްފައި
މިރޭ ޔުނައިޓެޑު މެޗުގައި ރެފްރީ ބޮލުގައި ކެމެރާއެއް
ޕްރިމިއާ ލީގުގެ މެޗެއްގައި ފުރަތަމަ ފަހަރަށް ރެފްރީއަކު ވީޑިއޯ ކެމެރާއެއް އަޅައިގެން މެޗުގެ ރެފްރީކަން ކުރަން ތައްޔާރުވެއްޖެއެވެ.

"ރެފްކެމް" ބޭނުން ކުރާ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗަކަށްވާނީ މިރޭ، ކްރިސްޓަލް ޕެލަސްއާ މެންޗެސްޓަ ޔުނައިޓެޑު ކުޅޭ މެޗެވެ. މި މެޗުގައި ކެމެރާއެއް ހަރުކޮށްފައި ހުންނާނީ ރެފްރީގެ ބޮލުގައެވެ. މި ކެމެރާއިން މެޗު ރެކޯޑް ކުރިނަމަވެސް އެ ފުޓޭޖް ލައިވެއް ނުކުރާނެއެވެ. މި ވީޑިއޯ ބޭނުން ކުރާނީ ޕްރިމިއާ ލީގުގައި އޮފިޝަލުންގެ ޕްރޮގްރާމްތަކުގައެވެ.  

ޕްރިމިއާ ލީގުގައި އަލަށް މިރޭ މިގޮތަށް ކެމެރާ ބޭނުން ކުރިނަމަވެސް ޔޫރަޕްގެ ބައެއް ލީގުތަކުގައި މީގެ ކުރިން މި ގޮތަށް ކެމެރާ ބޭނުންކޮށްފައިވެއެވެ. ފެބްރުއަރީ މަހު ބުންޑެސްލީގާގެ ރެފްރީ ޑެނިއަލް ޝްލަގާ ވަނީ ކެމެރާ އާއި މައިކް އަޅައިގެން އައިއިންޓްރަކްޓް ފްރެންކްފަރޓް އާއި ވޮލްފްސްބާގް ބައްދަލުކުރި މެޗުގެ ރެފްރީކަން ކޮށްފައެވެ. އެ މެޗުގެ ފޫޓޭޖް ބޭނުންކުރީ 'ރެފްރީސް މައިކް'ޑް އަޕް - ބުންޑެސްލީގާ' ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް