ads
ކަނަގަނާ ރަނައުތް
މަޖިލިސް އިންތިހާބު ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެބައޮތް: ކަންގަނާ
ބޮލީވުޑުގެ މަޝްހޫރު ތަރި، ކަންގަނާ ރަނާއުތް، މިވަގުތު ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާއިން ލޯކް ސަބްހާ (މަޖިލިސް) އިންތިހާބަށް ކެމްޕޭނުކުރަމުން އަންނައިރު، އެ އިންތިހާބު ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ބުނެފިއެވެ.

ބޮލީވުޑުގައި ކާމިޔާބު ވެފައިވާ މިންވަރަށް، ސިޔާސީ މައިދާނުގައި ވެސް ކާމިޔާބު ވެވޭނެ ކަމަށް އޭނާ ޤަބޫލުކުރާ ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ. ޖޫން 1 ވަނަ ދުވަހު، ހިމާޗަލް ޕްރަދޭޝްގައި ވޯޓުލުން ކުރިއަށް ދަނެއެވެ. 

ކަންގަނާ ވަނީ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ވީޑިއޯއެއް އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ. އަދި ފިލްމު ތައްޔާރުކުރުމުގެ ދަތިތަކާ އަޅައިބަލާއިރު، ސިޔާސީ ހަރަކާތްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

"6 ޢާންމު ބައްދަލުވުމާ، ޕާޓީގެ މެމްބަރުންނާ ބައްދަލުވުމެއް މިއަދު ކުރިއަށް ދިޔަ. އެއް ދުވަހުން 450 ކިލޯމީޓަރު ދަތުރުކޮށްފިން. ރޭގަނޑު ވެސް ދަތުރުކުރުމުގެ އިތުރުން، ރަނގަޅަށް ކާން ވެސްފުރުޞަތެއް ނުލިބޭ" ކަމަށް ކަންގަނާ ބުންޏެވެ.

ނަމަވެސް މި ގޮންޖެހުންތަކާއެކު ވެސް ކަންގަނާ ވަނީ އިންތިޚާބީ ވަޢުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދީފައެވެ. ބޮލީވުޑުގެ މައިދާނުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކުން ލިބުނު ޖޯޝާއެކު، ރައްޔިތުންގެ ތާއީދާއެކު، މި އިންތިޚާބުން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން އޭނާ ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް