ads
އިޒްރާއީލުން ރަފަހަށް ހަމަލާދެނީ. ފޮޓޯ:އޭއެފްޕީ
ޔަހޫދީން ހުއްޓުމެއް ނެތި ރަފަހަށް ބޮން އަޅަނީ
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ފައުޖުތަކުން ފަލަސްތީނުގެ ގައްޒާގެ އެންމެ ދެކުނުން އޮތް ރަފަހަށްް ހުއްޓުމެން ނެތި ބޮން އަޅަން ފަށައިފިއެވެ.

ރަފަހަށް ޔަހޫދީން ބޮން އަލަން ފަށާފައި މިވަނީ އެތަނުގައި ތިބި 1.5 މިލިއަން ފަލަސްތީނު ރައްޔިތުން އެތަން ދޫކޮށް ދާން އިންޒާރުދިންތާ މާގިނައިރުތަކެއް ނުވަނީސްއެވެ. 

ޔަހޫދީގެ ރަހުމްކުޑަ ފައުކުތަކުން ރަފަހުގެ އާންމުން ދިރިއުޅޭ ގެތަކާއި، މަދަރުސާތަކާއި ހޮސްޕިޓާތަކާއި ފޭލިގެތައް ހުރި ސަރަޙައްދުތަކަށް ވައިގެ ޙަމަލާދީ, އެތަކެއް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. 

ރަފަހަކީ އިޒްރޭލުގެ އަސްކަރިއްޔާއިން ކުރިން "ސޭފް ޒޯނެއް" ގެ ގޮތުގައި ބުނެފައި އޮތް ސަރަހައްދެކެވެ. ރަފަހްގައި 1.5 މިލިއަން މުސްލިމުން ތިބި އިރި އެ ސަރަހައްދުގައިވެސް ވަނީ ކާބޯތަކެތި ހުސްވެ ހައިހޫނުކަމަސް ޖެހިފައެވެ. އަދި ގިނަ ބަޔަކު އުޅެމުން އަންނަނީ ތޮއްޖެހިފައިވާ ފޭލިގެތަކަުގައެވެ.

އިޒްރޭލުން ރަފަހަށް ބޮން އަޅަން ފަށާފައިމިވަނީ ހަމަލާތައް ހުއްޓާލުމަށް ގަތަރާއި މިސްރު މެދުވެރިވެ އެކުލަވާލި އެއްބަސްވުމަށް ހަމާސުން ރުހި އެއްބަސްވެފައިވަނިކޮށެވެ. 

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 34،700 އަށް ވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި 26,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 78,368 އަށް އުފުލިފައެވެ. އޭގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް