މީގެތެރެއިން ބައެއް ސަފީރުންނަށް މަޖީލިހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ 28 ގައެވެ. ދެން ތިބި ސަފީރުންނަށް މަޖިލީހުން ރުހުން ދިިނީ އިއްޔެއެވެ.
ސަފީރުކަމަށް މަޖިލީހުން ރުހުންދިން ބޭފުޅުންނާއި ގައުމުތައް
މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިއަދު މަގާމުތަކަށް އައްޔަންކުރެއްވި ސަފީރުން ހާރިޖީ ވަޒީރު ޒަމީރާއި އެކު
މީގެތެރެއިން ޖެނިވާއަށް އައްޔަންކުރެއްވި ސަލްމާއަކީ ޕީއެންސީގެ ޓިކެޓްގައި މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ވާދަކުރާ އަސްމާ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަދި ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް ނިންމާފައިވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެނެޓްގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެއިން ޝަރީފްގެ ބޮޑުދައިތައެވެ.