މި މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނުއެވެ. އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން ސަރަހައްދުގައި ހިނގި މި މާރާމާރީގެ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މި ވީޑިއޯތަކުން ފެންނަ ގޮތުން މި ބީދޭސީ މީހާ ވަނީ އެއާޕޯޓްގައި މަސައްކަތް ކުރާ ދެ ދިވެހިންނަށް ހަމަލާދީފައެވެ.
މަންޒަރު ދުށް މީހުން ބުނީ ބިދޭސީ މީހާ ލަގޭޖް ބަރުވެގެން އެއަށް ފައިސާ ދައްކަން ޖެހޭނެކަމަށް ބުނުމުން އެމީހާ ރުޅިއައިސްގެން ދިވެހި މުވައްޒަފަށްް އެއްޗެހި ކިޔަން ފެށިކަމަށެވެ. އަދި އެ މުއްޒަފުގައި ގޮސް ޖެހީ ބެލްޓުން އެ ދަބަސްތައް ބާލަން މަސައްކަތް ކުރަނިކޮށްކަމަށްވެސް އެމީހާ ބުނެއެވެ.
މި ހާސިދާގެ އާއްމުވި ވީޑިއޯއިން ފެންނަ ގޮތުން އެއާޕޯޓު މުވައްޒަފަކާއި ކޮންމެވެސް ކަމަކާއި ދެބަސްވެ ހަޅޭލެވުމަށްފަހު އެންބރި އައިސް ދިވެހި މުވައްޒަފުގެ ބޮލުގައި ވަރަށްް ބާރަށްް ޖަހައެވެ. އެއާއި އެކު ދިވެހި މުވައްޒަފުން ބިންމައްޗަށް ވެއްޓިފައެވެ. އަދި އެކަން ހުއްޓުވުމަށް އަންނަ އެހެން ދިވެހި މުވައްޒަފެއްގެ މޫނުމަތީގައި ބިދޭސީ މީހާ ވަރަށްް ބާރަށް ޖަހާތަންވެސް މި ވީޑިއޯތަކުން ފެނެއެވެ. އަދި ފަހުން ބިދޭސީ ކައިރީ ހުންނަ މީހަކު އައިސް އެ ބީދޭސީ މީހާ ގެންދާތަންވެސް ފެނެއެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފައިވާކަމަށެވެ. މި މާރާމާރީ ހިންގީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.