ads
ބޮދު ކަންނެލި މަސްވެރިން. ޔޫނިއަނުން ބުނީ އައިސް ނުލިބޭތާ އެތައް ދުވަހެއް ވެއްޖެކަމަށް
މަސްވެރިންނަށް އައިސް ނުލިބޭތާ އެތައްދުވަހެއް: ޔޫނިއަން
ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށ އައިސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާޅުކޮށްފިއެވެ.

ކަންނެލި މަސްވެރިކަން ކުރާ އުޅަނދުތައް ހިމެނޭ ވީޑީއޯއެއް އާއްމުކުރަމުން އެ ޔޫނިއަނުން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އެތައް ކަންނެލި ދޯންޏެއް ހަރަކާތްތެރި ވަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުން އައިސް ނުލިބޭތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ. 

" ހޯރަފުށި އައިސްޕްލާންޓް އިން އައިސް ނުލިބޭތާ އެތައް ދުވަހެއް ،މިއަދުވެސް އިހަވަންދޫ އައިސް ޕްލާންޓްއިން އައިސްލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް" ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާޅުކޮށްފިއެވެ.

އިހަވަންދޫ އައިސް ޕްލާންޓުން  އައިސް ނުލިބޭކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައި މިވަނީ އެ ޕްލާންޓް މަރާމަތު ކޮށް މިދިޔަ ފެބްރުއަރީމަހުގެ 20 ވަނަދުވަހުން ފެށިގެން އައިސް ދޫކުރަމުން އަންނަކަމަށް މިދިޔަ މަހު މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަނިކޮށެވެ. 

މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް